Sunday, 17 March 2013




.Study reveals shocking new evidence of men’s use of violence against women and girls in Asia Pacific

One in two men said they had used physical or sexual violence against an intimate partner, one in four reported 
having raped a woman and one in 25 admitted to having participated in gang rape

This is dedicated to all  women out there who had to be subject to abuse at some point in their life time  
-and to all men - for, they must know -



ޙާލުގެ ދުލުން

ހާލުގެ ދުލުން ހާމަ ކުރަނީ ގިސްލަ ގިސްލާ ހަރުއަޑުން

ހާލުގެ  މިއާދޭސް އައްސަވާ، އަހުރެން  ދަނި މިހަނާވަމުން

ނެތްތޯއެ އަސްކަންޏެއް، ހިޔާކޮށްދޭން އަނާ ތޫފާންތެރޭ

ކެތްތޯ ކުރަންވީ ފިރިކަމަށް ވީތީ އަނާ، އަބަދަށް ރޮމުން

ކަށިހެރޭފަދަ ބަސްތަކާ   އަދި ލޭކޮށާލާ  ބީހުމުން

ހަށިވަނީ ހަމަކުދި މަގޭ، ހުއްޓާލުމަށް އާދޭސްކުރަން

ނިޔަނެތިވި ތުއްތު ދަރީންގެ ރުއިމާ ކެކުޅުމާވެސް އަޑުއަހަން

                   ހިޔަފަހަރު ކުޅަދާނަ ވޭތޯ، ތީ ބަލަ ހިތެއްތޯވެސް އަހަން

މިހިތަށް މިއަދު ސަޒާތަކަށް ހިއްވަރު ކުރުން މަޖުބޫރުވީ

                   މިހިނދަށް ނެތޭ ކަރުނާގެ ކޯތާފަތް ފޮހޭނެ އަތެއް އެހެން

ތުނިތުނި މަގޭ ފަސްބައިގެ ދަށުގައި މަޑުވެފައިތިބީ ބަލަން

ކުދިކުދި ހިތެއްކަން ނޭންގެނީހޭ ހޭއަރަށޭ ފިރިހެނުން

ދެނެހުރީމުތަ އިސްކުރާއިރު، އަތް މަގޭ ގައިގާޖަހަން 

              ކުރެވުނީ ކައިވެނި އަޤްދު ﷲ  ނަންފުޅު ހެކިވެގެން 

ގޮތް ކޮބާ ތިޔަފިރިހެނުން މީއަންހެނުންނަށް ގޮތް ހަދަން
 ނަންކުރާ ތިޔަ ނަފްސުގައި ހުރި ރަހުމު ދައްކާށޭ ނިކަން

ހާލުގެ ދުލުން މިއަޅާކުރާ އާދޭސް ވަކީން އަޑުއައްސަވާ
ބާރުގެ މިފަދަ ދެކޮޅަށް ވުމަށް، ދެއްވާށި ހިތްވަރު ދަންނަވަން

No comments:

Post a Comment