Saturday, 26 March 2016


އިންޝިއުރެންސް: ތައުމީންކުރުން

ތަޢާރަފް :


''އަމާންކުރުން'' މިއީ އިނގިރޭސިން ކިޔާ ''އިންޝުރެންސް'' އަދި ޢަރަބިން ކިޔާ ''ތައުމީންއަށް ދިވެހިން ކީދާނެ ބަހެކެވެ.
''ތައުމީން'' މި ޢަރަބި ލަފްޒަކީ ''އަމްނު'' މި ލަފްޒުން އުފެދިފައިވާ ބަހެކެވެއަމްނު ގެ މާނައަކީ އަމާންކަމެވެނުވަތަ ބިރުގެ އިދިކޮޅެވެ. ''އަމާނާ'' އޭ ބުނެފިނަމަ މާނައަކަށް ވާނީ، ޚިޔާނަތުގެ އިދިކޮޅެވެ. ''އީމާން'' އޭ ބުނެފިނަމަ ވާނީ އެއީ، ކާފިރުވުމުގެ އިދިކޮޅަށެވެއެއީ ތެދުކުރުމެވެ.


އިޞްޠިލާޙުގައި ''ތައުމީން'' ގެ މާނަ:
ތައުމީން ނުވަތަ އަމާންކުރުން ނުވަތަ އިންޝުރެންސް އަކީ ދެ ފަރާތެއްގެ ދެމެދުގައި ކުރެވޭ ޢަޤުދެކެވެ. އެއް ފަރާތަށް ކިޔެނީ ''އަމާންކޮށްދެވޭފަރާތް'' (Insured) އެވެ. އަނެއް ފަރާތަށް ކިޔެނީ ''އަމާންކޮށްދޭފަރާތް'' (Insurer) މި ޢަޤުދުގައި އަމާންކޮށްދޭފަރާތް އެއްބަސްވަނީ، ޢަޤުދުގައި ބަޔާން ކުރެވިފައިވާ ނުރައްކަލެއް ކުރިމަތިވުމުން، ނުވަތަ ގެއްލުމެއް ލިބުމުން، އަމާންކޮށްދެވުނު ފަރާތަށް ކަނޑައެޅޭ ފައިސާތަކެއް ދޭނެކަމަށް، ނުވަތަ ވަކި މުއްދަތަކަށް ދެމިގެންދާ ސިފައެއްގައި ދެވޭ ފައިސާތަކެއް ދޭނެކަމަށް، ނުވަތަ ލިބޭ މާލީ ގެއްލުމެއް ފޫބައްދައިދޭނެ ކަމަށެވެ. އަދި މިއީ އަމާންކޮށްދެވޭފަރާތް، އަމާންކޮށްދޭފަރާތަށް ވަކިވަކިން ނުވަތަ އެއްފަހަރާ ދައްކާ ފައިސާތަކެއްގެ ބަދަލުގައި ކޮށްދޭ ކަމެކެވެ. މި ފައިސާއަކީ އަމާންކުރުމުގެ އަގެއްގެ ގޮތުގައި ކުންފުންޏަށް ދައްކާ ފައިސާއެވެ. ދިވެހިން މި އަށް ''ބައިތައް'' މިހެން ކީދާނެއެވެ. މިއީ ޕްރީމިއަމް ނުވަތަ އަޤްސާޠުތަކެވެ.
މި ޒަމާނަށް ބަލާއިރު، އަމާންކޮށްދިނުމަކީ އަމިއްލަ ފަރުދުން ކުރާކަމެއް ނޫނެވެއެކަމަކު އެއީ، ގިނަ ޢަދަދެއްގެ އަމާންކުރުވާ މީހުންތަކަކަށް ޚިދުމަތް ދޭ، ބޮޑެތި ވަރުގަދަ ކުންފުނިތަކުން ކުރާ ކަމެކެވެދެން މި ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާތައް (ބައިތައް/Premium) އަތުލާ ޖަމާކުރުމަށް ފަހު، އަމާންކުރެވިފައިވާ ކަމެއް ކުރިމަތިވެއްޖެނަމަ، އެ ފަރާތަކަށް ދޭން ޖެހޭ ފައިސާ ދީ ނުވަތަ ގެއްލުމެއް ފޫބައްދައިދޭން ޖެހިއްޖެނަމަ، އެކަން ކޮށްދެއެވެއަދި ކުންފުނީގެ އަސްލު ރައުސްމާލު ހުންނާނީ ކުއްލި ހާލަތެއްގައި ބޭނުން ކުރަން ޖެހިދާނެ އެއްޗެއް ގޮތުގައި ރައްކާކުރެވިއެވެކުންފުންޏަށް ލިބޭ ފައިދާ އަކީ، މީހުން އަތުން އަތުލާ ފައިސާއާ މީހުންގެ ގެއްލުންތަކަށް ދޭ ފައިސާއާ ދެމެދު ހުންނަ ފަރަގެވެ.

ތާރީޚީ ނަޒަރެއް:


ތައުމީންކުރުންމި ޒަމާނުގައި މި ކުރެވޭ ގޮތަށް، އެންމެ ފުރަތަމަ ތަޢާރަފްވި އަމާންކުރުމަކީ، މީލާދީން ސާދަވަނަ ޤަރުނު އިޓަލީވިލާތުގެ އައްސޭރި ބައެއް ރަށްތަކުގައި ފެއްޓުނު ''ކަނޑުގެ އަމާންކުރުން'' އެވެއަދި 1666 ވަނަ އަހަރު ލަންޑަނުގަިއ ހިނގި ބޮޑުއަލިފާނުގެ ހާދިސާއަށް ފަހު އެއްގަމުގައި ހުންނަ ތަކެއްޗާއި މުދާތައް އަމާންކުރަން ފެއްޓުނެވެއަދި އޭގެފަހުން އެއްގަމު އުޅަނދާއި ޞިއްޙަތާ ޙަޔާތާއި އަދި ދިރިއުޅުމުގެ ތަފާތު ދާއިރާތަކާ ގުޅޭ އެއްޗެއްސާއި ކަންކަން އަމާންކޮށްދޭން ފެއްޓުނެވެނަމަވެސް އިސްލާމީ ޤައުމުތަކަށް މި ޒަމާނުގެ އަމާންކުރުމުގެ ޚިދުމަތް ތަޢާރަފްވެފައި ވަނީ ޔޫރަޕާއި އެމެރިކާއާ އަޅާބަލާއިރު ވަރަށް ފަހުންނެވެއެއީ މީލާދީން ނަވާރަވަނަ ޤަރުނުތެރޭގައެވެ.

ސީދާ މިޒަމާނުގެ އަމާންކުރުމާ ބެހޭ ގޮތުން ވާހަކަ ނުދެއްކެވިއަސް، މި މައުޟޫއާ ގުޅުން ހުރި އަދި ވަރަށް އެއްގޮތް މައްސަލަތަކަކަށް، އިމާމް އަޝްހަބާއި ޢައްލާމާ އަޙްމަދު ބިން ޔަޙްޔާ އަލްމުރްތަޟާ (އަވަހާރަވީ 840ހފަދަ ޢިލްމުވެރިން ވާހަކަ ދައްކަވާފައިވެއެވެނަމަވެސް މި ޒަމާނުގައި މި ކުރެވޭ ގޮތަށް ކުރެވޭ އަމާންކުރުމާ ބެހޭ ގޮތުން، ސާފު ސަރީޙަ ގޮތެއްގައި އެންމެ ފުރަތަމަ ވާހަކަ ދައްކަވާފައިވަނީ، ޢައްލާމާ މުޙައްމަދު އަމީން ބިން ޢާބިދީން (1198- 1252 ހއޭނާގެ ފޮތް ''ރައްދުލް މުހްތާރު ޢަލާ އައްދުއްރިލް މުޚްތާރި'' އޭ ކިޔުނު ފޮތުގައެވެއެ ދުވަސްވަރު އެއަށް ކިޔައި އުޅުނު ނަމަކީ ''ސޫކްރާ''އެވެމިއީ އަސްލު ޢަރަބި ބަހެއް ނޫނެވެ.
ކޮންމެއަކަސް، މި ޒަމާނުގައި ތައުމީންކުރުންތަޢާރަފްވެފައި ނެތް ޤައުމެއް ނެތެވެއިޤްތިޞާދާއި ޞިއްޙަތާއި އިޖްތިމާޢީ ތަފާތު މައިދާންތަކަށް ''އަމާންކުރުން'' ވަނީ އެކި ސިފަސިފައިގައި ވަދެފައެވެބައެއް ޤައުމުތަކުގައި ބައެއް ކަހަލަ އަމާންކުރުންތަކަކީ މަޖްބޫރުކަމަކަށް ވެސް ވަނީ ވެފައެވެ.

އަމާންކުރުމުގެ މައިގަނޑު ވައްތަރުތައް:



އޭގެ މައިގަނޑު ވައްތަރަށް ބަލާއިރު ތައުމީންކުރުންބެހިގެންދަނީބައިވެރިވާ އަމާންކުރުމަށާއި ވިޔަފާރި އަމާންކުރުމަށެވެ.

1- ބައިވެރިވާ އަމާންކުރުން (Cooperative Insurance) އަދި މަންފާ ބަދަލުކުރަނިވި އަމާންކުރުން (Mutual insurance)

މިވައްތަރުގެ އަމާންކުރުމުގައި އޮންނަ ގޮތަކީ އެއްކަހަލަ ނުރައްކާތަކަކަށް ހުށައެޅިދާނެ މީހުންތަކެއް އެއްވެގެން، ކޮންމެ މީހަކު ވެސް ވަކި އިޝްތިރާކެއް   ދައްކާނީއެވެގެއްލުމެއް ލިބިއްޖެއްޔާ، އެ ގެއްލުމެއް ފޫބައްދައިދެވޭނީ، މި އިޝްތިރާކުންނެވެގެއްލުންތައް ފޫބައްދަން ފައިސާ ދީފައި، އެއިން ބާކީ ފައިސާއެއް ހުރެއްޖެނަމަ އެ ފައިސާތައް، އޭގައި ބައިވެރިމީހުންނަށް އަނބުރާ ދެވެއެވެއަދި، ގެއްލުންތައް ފޫބެއްދޭ ވަރަށްވުރެ ފައިސާ މަދުވެއްޖެނަމަ، އެ އުނިކަން ފޫބައްދަން އިތުރު ފައިސާ ބައިވެރިވާމީހުން އަތުން އަތުވެސްލެވޭނެއެވެބައިވެރިވާ އަމާންކޮށްދޭ ކުންފުންޏެއްގެ ބައިވެރިންނަކީ ފައިދާތަކެއް ހޯދަން މަސައްކަތް ކުރާ ބައެއް ނޫނެވެއެކަމަކު އެއީ، އެކަކަށް ލިބޭ ގެއްލުން ލުއިކޮށްދޭން އުޅޭ ބައެކެވެއެ މީހުން ޢަޤުދު ހަދާފައި އޮންނަނީ، އެކަކަށް ލިބޭ ގެއްލުން އަނެކަކު ތަހައްމަލުކޮށް އެހީތެރިވެދޭނަކަމަށެވެއަދި އެ ކުންފުނި ހިންގާނީ ވެސް އޭގެ މެމްބަރުންނެވެނުވަތަ އެމީހުން ހަވާލުކުރާ ބައެކެވެވީމާ ކޮންމެ މެމްބަރަކީ ވެސް އަމާންކޮށްދޭ މީހެކެވެއަނެއްކޮޅުން އަމާންކޮށްދެވޭ މީހެއްވެސް މެއެވެއިސްލާމީ މިންގަނޑުތަކަށް ފެތޭ އަމާންކުރުމަކީ މި ވައްތަރެވެމި ވައްތަރަށް ''ތަކާފުލް'' ނުވަތަ ''ތަޢާވުން'' އަމާންކުރުމޭ ކިޔެއެވެ.

2- ވިޔަފާރި އަމާންކުރުން(Commercial Insurance) :

''އަމާންކުރުމޭ'' ބުނެފިނަމަ، އޭގެ މުރާދަކަށް މިހާރުވެފައި އޮންނަނީ، މި ވައްތަރުގެ އަމާންކުރުމެވެމީގައި އޮންނަ ގޮތަކީ އަމާންކޮށްދެވޭފަރާތް (Insured) އަމާންކޮށްދޭފަރާތަށް(Insurer)، ކަނޑައެޅިފައިވާ ބައިތަކެއް(Premium) ދައްކަނީއެވެއޭގެ ބަދަލެއްގެ ގޮތުން، ގެއްލުމެއް ނުވަތަ ކަނޑައެޅިފައިވާ ނުރައްކަލެއް ކުރިމަތިވާ ހިނދު، އަމާންކޮށްދޭފަރާތުން މި ގެއްލުން ފޫބައްދައިދޭނެއެވެއެފަދަ ކަމެއް މެދުވެރި ނުވެއްޖެނަމަ، އަމާންކޮށްދެވޭފަރާތަށް ލިބޭނެ އެއްވެސް އެއްޗެއް ނޯންނާނެއެވެއަމާންކޮށްދޭފަރާތަކީ އަމާންކޮށްދެވޭފަރާތާ އެއްވެސް ގުޅުމެއް ނެތް ކޮންމެވެސް އެހެން ބަޔަކު ހިއްސާވެގެން ވިޔަފާރި އުސޫލުން ހިންގޭ ކުންފުންޏެކެވެމި ކުންފުންޏަށް ލިބޭ އާމްދަނީ ނުވަތަ ފައިދާ އަކީ، މި ބުނި ހިއްސާދާރުންގެ އެއްޗެކެވެކުންފުންޏަކީ ހިއްސާދާރުންތަކެއް ނެތް އެންމެ ފަރާތެއްގެ ކުންފުންޏަކަށް ވެސް ވެދާނެއެވެނަމަވެސް މިއީ މިހާރު ނާދިރުކަމެކެވެމި ވައްތަރުގެ އަމާންކުރުމުގައި، އަމާންކޮށްދޭފަރާތް އަބަދުވެސް އިސްކަންދޭނީ އޭނާއަށް ފައިދާވާނެ ގޮތަކަށެވެނަމަވެސް ބައިވެރިވާ އަމާންކުރުމުގައި މިކަން އޮންނަނީ މިއާ ޚިލާފަށެވެއޭގައި މެންބަރުން ގެ ލަނޑުދަނޑިއަކަށް ވެފައި އޮންނާނީ އެހީތެރިވެ ބައިވެރިވުމެވެއަދި އޭނާއަށް ގެއްލުމެއް ވާވަގުތު އެހެން މީހުން ވެސް އެހީތެރިވެ ބައިވެރިވާނެ ކަމަށް އޭނާ އުއްމީދުކުރާނެއެވެވީމާ މިއީ އިންސާނީ މަތިވެރި އަޚްލާޤީ ލަނޑުދަނޑިއެކެވެ.

ތައުމީންކުރުން ބަހާލެވިދާނެ ބައިތައް:


1- ގެއްލުންތަކަށް އަމާންކުރުން:

މި ވައްތަރުގެ އަމާންކުރުމުގައި ބަލަނީ، އަމާންކޮށްދެވޭފަރާތަށް ލިބިދާނެ ގެއްލުމަށެވެއަދި މީގެ ބޭނުމަކީ އަމާންކޮށްދެވޭފަރާތަށް ލިބޭ ގެއްލުންތަކަށް ބަދަލު ދީ ގެއްލުން ފޫބައްދައިދިނުމެވެމި ކަފިވަނީ ދެބަޔަކަށެވެއެއީ:
ހއެއްޗެއްސަށް އަމާންކުރުންމިއީ އަމާންކުރުވާފަރާތުގެ މުދަލަށް ނުވަތަ ތަކެއްޗަށް ލިބޭ ގެއްލުން ފޫބައްދަން ކުރުވާ އަމާންކުރުމެކެވެމިސާލަކަށް އަލިފާނުން އަމާންކުރުވުން، ވައްކަމުން އަމާންކުރުވުމެވެ.
ށމަސްއޫލިއްޔަތަށް އަމާންކުރުންމަސްއޫލިއްޔަތަށް އަމާންކުރުމަކީ، އޭނާ ކުރާ ކަމެއްގެ ސަބަބުން އެހެން ފަރާތަކަށް ގެއްލުމެއް ލިބި އަދި އޭނާގެ ކޮނޑުގައި އެޅިދާނެ މަސްއޫލިއްޔަތެއް ސީދާ އޭނާ އުފުލަން ނުޖެހޭ ގޮތް ހެދުމެވެމީގެ މިސާލަކީ މަގުމަތީ ދުއްވާތަކެތިން ކުރިމަތިވާ ހާދިސާއަކުން، އެހެން މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ތަކެއްޗަށް ލިބޭ ގެއްލުމުގެ މަސްއޫލިއްޔަތަށް އަމާންކުރުމެވެއޭރުން މި ފަދަ ހާދިސާއަކުން އަނެއް ފަރާތަށް ދޭން ޖެހޭ ބަދަލު ދޭނީ އަމާންކޮށްދިން ކުންފުނިންނެވެމިއީ ހަމައެކަނި މާއްދީ މަސްއޫލިއްޔަތުން ބަރީއަވާ ކަމެކެވެވީމާ ޖިނާއީ ކުށެއް އޮވެއްޖެނަމަ އެ ކުށުގެ މަސްއޫލިއްޔަތުން އޭނާ ބަރީއައެއް ނުވެވޭނެއެވެ.

2- ޙަޔާތް އަމާންކުރުން :

ޙަޔާތް އަމާންކުރުމޭ މިހެން ބުނުމުގެ މާނައަކީ ފަހަރެއްގައި ވެސް، މީހަކު މަރުނުވުމަށްޓަކައި ކަމެއް ކުރުމެއް ނޫނެވެއެހެނީ މަރަކީ ކޮންމެ މީހެއްގެ މައްޗަށް ވެސް މާތް  ލިޔުއްވާފައިވާ އަޖަލެއްގައި، ފަސްވުމެއް އިސްވުމެއް ނެތި، އަންނާނެ އެއްޗެކެވެ.
ޙަޔާތް އަމާންކުރުމަކީ، އަމާންކުރެވުނު ފަރާތް މަރުވުމުން، އޭނާގެ އަނބި ދަރިންނަށް (ނުވަތަ މަންފާ ލިބެން އޭނާ ކަނޑައެޅި ފަރާތަކަށް)، ކަނޑައެޅޭ ފައިސާގެ މިންވަރެއް ދޭނެ ކަމަށް، ކުންފުނިން އެއްބަސްވާ އެއްބަސްވުމެކެވެމީގެ އަގެއްގެ ގޮތުން، އޭނާ ދިރިހުންނަ ދުވަހު ކުންފުންޏަށް ބައިތައް (ޕްރީމިއަމްވަކި ޤަވާއިދެއްގެ ދަށުން ދައްކަމުން ދާނެއެވެއެހެން ވައްތަރުތަކާ ޚިލާފަށް ޙަޔާތަށް ކުރެވޭ އަމާންކުރުމުގައި ތިން ފަރާތެއް ހިމެނޭނެއެވެއެއީ އަމާންކޮށްދޭ ކުންފުންޏާއި، އަމާންކޮށްދެވޭފަރާތާއި އަދި އަމާންކުރުމުގެ ޢަޤުދުގެ (ޕޮލިސީވެރިފަރާތެވެނަމަވެސް ގިނަފަހަރަށް އަމާންކޮށްދެވޭފަރާތާއި ޢަޤުދުގެ (ޕޮލިސީވެރިފަރާތް އެއީ އެކަކެވެމިސާލަކަށް އާދަންފުޅު އޭނާގެ އަމިއްލަ ޙަޔާތް އަމާންކުރީމާ، އަމާންކޮށްދެވުނު ފަރާތަކީ ވެސް އަދި ފައިސާދައްކާ ޢަޤުދުގެ ވެރިފަރާތަކީ ވެސް އޭނާއެވެނަމަވެސް އާދަންފުޅުގެ އަންހެނުން އާދަންފުޅުގެ ޙަޔާތް އަމާންކުރުވައިފިއްޔާ، އަމާންކޮށްެދެވުނު ފަރާތަކީ އާދަމްފުޅެވެއަދި ވެރިފަރާތަކީ އަންހެނުންނެވެޙަޔާތް އަމާންކުރެވޭނީ، އަމާންކުރެވޭ މީހާ ދިރިހުރުމުން ފައިދާތަކެއް ލިބޭ މީހުންނަށް އެކަންޏެވެ.

ޙަޔާތް އަމާންކުރުގެ ތަފާތު ވައްތަރުތަކެއް ވެއެވެނަމަވެސް މީގެ މައިގަނޑު ވައްތަރުތައް ދެ ބަޔަކަށް ބެހިގެންވެއެވެއެއީމުއްދަތަކަށް ޙަޔާތް އަމާންކުރުން އަދި ދާއިމަށް ޙަޔާތް އަމާންކުރުމެވެ.
ހމުއްދަތަށް ޙަޔާތް އަމާންކުރުންމިއީ ޙަޔާތް އަމާންކުރުމުގައި އޮންނަ އާދައިގެ އަދި އެންމެ އަގުހެޔޮ ވައްތަރެވެމީގައި ޙަޔާތް އަމާންކުރެވެނީ ކަނޑައެޅޭ ވަކި ޢަދަދެއްގެ ބައިތަކެއް (ޕްރީމިއަމްދެއްކުމުން، ކަނޑައެޅޭ ޢަދަދެއްގެ އަހަރުތަކެއް ވަންދެނެވެއެހެންގޮތަކަށް ބުނާނަމަ މިއީ ކަނޑައެޅޭ ވަކި މުއްދަތެއް ވަންދެން ކުރެވޭ އަމާންކުރުމެކެވެމި އަހަރުތަކުގެ ތެރޭގައި އޭނާ މަރުވެއްޖެނަމަ، މަންފާ ލިބެން އޭނާ ކަނޑައެޅި ފަރާތަކަށް (މިސާލަކަށް އަނބި ދަރިންއަމާންކޮށްދެވުނު މަރުވުމުގެ ފައިސާ ލިބޭނެއެވެއެ މުއްދަތު ފާއިތުވާއިރު ވެސް އޭނާ ދުނިޔޭގައި ހުރެއްޖެނަމަ، އެ ޢަޤުދު އެ ހިސާބުން ނިމުނީއެވެއަދި އޭނާއަށް ނުވަތަ ފައިސާ ލިބެން އޭނާ ކަނޑައެޅި ފަރާތަކަށް ވެސް، އެއްވެސް އެއްޗެއް ނުލިބޭނެއެވެމިސާލަކަށް މީހަކު ކުރިއަށް އޮތް ފަސް އަހަރަށް ޙަޔާތް އަމާންކުރަން ފަސްލައްކަ ރުފިޔާގެ ޢަޤުދު ހަދާފައި، ދެވަނަ އަހަރު މަރުވިޔަސް، އަމާންކޮށްދެވުނު އަގު އެއްކޮށް ލިބޭނެއެވެނަމަވެސް ފަސް އަހަރާ އެއް ދުވަސް ފަހުން އޭނާ މަރުވެއްޖެނަމަ، އެކައްޗެއް ވެސް ނުލިބޭނެއެވެ. (
ށދާއިމަށް ޙަޔާތް އަމާންކުރުންމިއީ މީހާގެ ޠަބީޢީ ޢުމުރު ނިމެންދެން ދެމިހުންނާނެ ގޮތެއްގެ މަތިން ކުރެވޭ އަމާންކުރުމެކެވެމީގައި ދައްކަން ޖެހޭ ބައިތައް (ޕްރީމިއަމް)، އެ މީހާ މުސްކުޅިވަމުން ދިޔައަސް އޮންނާނީ ސާބިތު ކޮށެވެއަދި ހަމަ އެހެންމެ ދައްކާ ބައިތަކުގެ ބައިތައް އެކައުންޓަކަށް ޖަމާވެ، އެއިން އޭނާއަށް ދަރަނީގެ ގޮތުގައި ނުވަތަ ރަހުނެއްގެ ގޮތުގައި ވެސް، ފައިސާ ބޭނުންކުރެވިދާނެއެވެއަދި އެއަށް އިތުރުވާ ބޭންކް ރިބާ ފައިދާ، ކުރިއަށް ދައްކަން ހުރި ބައިތަށް ދައްކަން ވެސް ބޭނުންކުރެވިދާނެއެވެ.
މި ވައްތަރުގެ އަމާންކުރުމުގެ ދަށުން އަދި ތަފާތު ނަންނަމުގައި ހުންނަ ޚިދުމަތްތަކެއް ހުރެއެވެމިއިން ކޮންމެ ވައްތަރެއްގައި ވެސް، ބައިތައް ދެއްކުމުގައި ހުންނަ މުރަނުކަމާއި، ރިބާ ފައިދާ ލިބޭ މިންވަރު ފަދަ ކަންތައްތަކުގައ ތަފާތު ކަންތައްތަކެއް ހުރެއެވެ.
3- ބޮޑެތި އަނިޔާތަކަށް އަމާންކުރުން :
މީހުންނަށް ކުރެވޭ އަމާންކުރުމުގެ ދެވަނަ ވައްތަރަކީ، ވަކި މުއްދަތެއްގެ ތެރޭގައި މީހަކަށް ލިބިދާނެ ޖިސްމާނީ ގެއްލުމެއް ނުވަތަ އަނިޔާއަކަށް، ކުރެވޭ އަމާންކުރުމެވެމި ވައްތަރުގެ އަމާންކުރަނީ ގިނަފަހަރަށް ނުރައްކާތެރި މަސައްކަތެއްގައި ޝާމިލުވެގެން އުޅޭ މީހުންނެވެގިނަ ފަހަރު މަސައްކަތުގެ ވެރިފަރާތުން މިކަން ކޮށްދެއެވެއަދި މިއީ ގިނަ ޤައުމުތަކުގައި މަސައްކަތު މީހުންގެ ޙިމާތަކަށް ކުރުން ލާޒިމު ކަމެކެވެ.

4- ޞިއްޙަތު އަމާންކުރުން :

މިއީ ބަލިވީމާ އޭނާއަށް އެކަށީގެންވާ ރަނގަޅު ބޭސްފަރުވާއެއް ހޯދުމުގެ ބޭނުމުގައި މި ޚިދުމަތް ދޭ ކުންފުޏަކަށް ފައިސާ ދީގެން ހޯދާ ޚިދުމުތަކެވެއެކި ކުންފިނިތަކުން ދޭ ޞިއްޙަތު އަމާންކުރުމުގެ ވައްތަރުތައް ވަރަށް ތަފާތުކޮށް ތަފާތު ނަންނަމުގައި ހުރެއެވެމިގޮތުން އަމާންކޮށްދިން ފަރާތުން ޚަރަދުގެ، މިސާލަކަށް އަށްޑިހަ އިންސައްތައިގައި ހިފާފައި، އަމާންކޮށްދެވުނު މީހާ އަނެއް ވިހި އިންސައްތައިގައި ހިފާގޮތަށް ވެސް އޮވެދާނެއެވެމި ވައްތަރުގައި ޞިއްޙީ ފަރުވާ ދިނުމަށް ކުންފުނިން ދޭނީ އެންމެ ގިނަވެގެން މިވެނި ވަރަކޭ ކަނޑައަޅާފައި ނޯންނާނެއެވެ.
އަނެއްބައި ވައްތަރުތަކުގައި، ވަކި އިސްތިސްނާތަކެއް ކަނޑައަޅާފައި ވެސް އޮވެދާނެއެވެމިސާލަކަށް ކިޑްނީގެ ބައްޔެއް، ނުވަތަ ހިތް ލެއްވުން ފަދަ ކަމެއް، އަމާންކުރުމުގެ ތެރޭގައި ނުހިމެނޭނެ ކަމަށް ބުނުމެވެވީމާ ބައްޔަކަށް ވާކަހަލަ ބައްޔެއް ވާއިރު މިކަހަލަ އަމާންކުރުމުގެ ބޭނުމެއް ނުހިފޭނެއެވެ.
އަނެއްބައި ވައްތަރުތަކުގައި، ބޭސްފަރުވާއަށް ޚަރަދުކުރެވޭނީ އެންމެ ގިނަވެގެން މިވެނި ހާހަކަށޭ ބުނެ ކަނޑައަޅާފައި ވެސް އޮވެއެވެމިސާލަކަށް ލޮއި އަހަރަކު ފަންސާސްހާހެވެމިފަދަ އަމާންކުރުމެއް ގަނެގެން ހުއްޓާ، ބަލި ދިގުލައި، ނުވަތަ ބަލީގެ ބާވަތުން، ކުރަންޖެހޭ ޚަރަދު މި ހައްދުން މައްޗަށް ހިނގައްޖެނަމަ، އޭނާ ޖެހޭނީ އަމިއްލަ ޖީބުން އެކަން ކުރާށެވެއަދި ބައެއް ފަހަރު އެކިއެކި ޞިއްޚީ ޚިދުމަތްތަކަށް ވަކިވަކިން، ވަކި މިންވަރެއް ކަނޑައަޅާފައި ވެސް އޮވެދާނެއެވެއޭގެ ބޭރަކުން އޭނާއަކަށް ނުލިބޭނެއެވެއަދި ބައެއް ވައްތަރުތަކުގައި، ހަމައެކަނި ބޭހަށް ދާ ޚަރަދު ކަވަރުވާގޮތަށް ވެސް އޮވެދާނެއެވެ

5- ޚާއްޞަ އަމާންކުރުމާއި ޖަމާޢީ އަމާންކުރުން:

ހޚާއްޞަ އަމާންކުރުމަކީ، ލިބިދާނެ ގެއްލުމަކަށްޓަކައި، މީހަކު އަމިއްލައަށް އަމާންކޮށްދޭ ކުންފުންޏަކުން އެ ޚިދުމަތް ލިބިގަތުމެވެމިފަދަ މީހަކު މިކަން ކުރާނީ އޭނާގެ އަމިއްލަ މަސްލަހަތަށްޓަކައެވެ.
ށޖަމާޢީ އަމާންކުރުމަކީ، ދާދި އެއްކަހަލަ ނުވަތަ އެއް ބާވަތެއްގެ މަސައްކަތެއް ކޮށް އުޅޭ ބަޔަކު އޭގެތެރެއިން މީހަކަށް ލިބިދާނެ ގެއްލުމެއް ފޫބައްދައިދިނުމުގެ ގޮތުން، ނުވަތަ މުސްކުޅިވެ މަސައްކަތް ނުކުރެވޭ ދުވަހަށްޓަކައި، ނުވަތަ ވަޒީފާ ގެއްލުން ފަދަ ހާލަތަކަށްޓަކައި، އެއްބަޔަކު އަނެއް ބަޔަކަށް ކޮށްދޭ އަމާންކުރުމެކެވެވީމާ މީގައި ބޭނުމަކަށް ވެފައި އޮންނާނީ، އިޖްތިމާޢީ ބައިވެރިވުމެވެމަސައްކަތް ކުރާ ކޮންމެ މީހަކު ވެސް ވަކި ފަންޑަކަށް ވަކި މިންވަރެއްގެ އިޝްތިރާކެއް ދައްކާނެއެވެއަދި އަނެއްކޮޅުން މަސައްކަތުގެ ވެރިފަރާތުން ނުވަތަ ސަރުކާރުން ވެސް ވަކި މިންވަރެއް ފަންޑަށް ލައިދޭނެއެވެ.
6- މަޖްބޫރު އަމާންކުރުމާއި އިޚްތިޔާރީ އަމާންކުރުން:
ހފުރަތަމަ ވައްތަރަކީ ތަނެއްގެ ސަރުކާރުން އެ ތަނެއްގެ ރަށްވެހިންނަށް ނުވަތަ އެތާ އުޅޭ މީހުންގެ މައްޗަށް މަޖްބޫރު ކުރުވާ ކަމެކެވެމީގެ މިސާލަކީ، ގިނަ ގައުމުތަކެއްގައި މަގުމަތީ އުޅަނދު އަމާންކުރުވަން މަޖްބޫރުކުރުމާއި، މަތިންދާބޯޓުން ދަތުރުކުރާ މީހުން އަމާންކުރަން، އެ ކުންފުންޏަށް މަޖްބޫރުކުރުމެވެ.
ށދެވަނަ ވައްތަރަކީ މި އާ ޚިލާފަށް، އަމިއްލަ އިޚްތިޔާރަށް ދޫކުރެވިފައިވާ ކަމެކެވެ.

އަމާންކުރުމުގެ ޢަޤުދުގެ ފާހަގަކުރެވޭ ކަންތައްތައް:


1- އެއީ ދެ ފަރާތުގެ ދެމެދުގައި ރުހިގެން ކުރެވޭ ޢަޤުދެކެވެއަދި އެ ޢަޤުދު ހެދުމަށް ވަކި ސިފައެއް ނޯވެއެވެ.

2- ޢަޤުދުކޮށް ނިމުމުން، މިއީ ދެ ފަރާތަށް ވެސް ލާޒިމު ޢަޤުދެކެވެއެގޮތުން ދެ ފަރާތުން ކުރެ ފަރާތަކަށް އޭނާ ވެފައި އޮތް އިލްތިޒާމުން ވައްކެއް ނުވެވޭނެއެވެނަމަވެސް ޢަމަލީ ޢުރުފުގައި އޮންނަ ގޮތުން، އަމާންކޮށްދޭފަރާތުން، އަނެއް ފަރާތަށް ވަކި މުއްދަތެއް ކުރިން އެންގުމަށް ފަހު، އަމާންކުރުމުގެ ޢަޤުދު (އިންޝުރެންސް ޕޮލިސީއުވާލެވިދާނެ ކަމަށް ކުންފުނިތަކުގެ އަމާންކުރުމުގެ ޕޮލިސީގައި ކުރީއްސުރެ އެއްބަސްވެވެއެވެ.

3- އެއީ ޣަރަރު (ވާނެގޮތް ނޭގުމުގެ ނުރައްކަލުގެ މައްޗަށް ބިނާވާ ޢަޤުދުޢަޤުދެކެވެއެހެންވެ، ވާނެ ފައިދާއެއް ނުވަތަ ގެއްލުމެއް ވެސް، ދެ މީހުން ކުރެ މީހަކަށް ނޭނގެއެވެއަދި ޢަޤުދުގެ ދެ ފަރާތުން، ކުރަން ޖެހޭ ކަންތައް ކުރުން ހުއްޓިފައި އޮންނަނީ މި ''ޣަރަރް'' އޮތުމުގެ މައްޗަށެވެއަދި ހާދިސާއެއް ކުރިމަތިވުމުން ލިބޭނެ މިންވަރަކީ ވެސް ޣަރަރު ހިމެނޭ އެއްޗެކެވެއަދި އެ ލިބޭނެ ވަގުތަކީ ވެސް ޣަރަރް ހިމެނޭ އެއްޗެކެވެޖުވާކުޅުމާއި ބާޖީމެރުން ޙަރާމް ކަމަކަށް ވަނީ، ވާނެގޮތް ނޭގުމުގެ ނުރައްކަލުގެ މައްޗަށް ފައިސާތަކެއް ހޭދަކޮށް، އެއްޗެއް ހޯދަން އުޅޭތީއެވެޣަރަރަކީ މިއީއެވެ.

4- މިއީ، ވަކި މުއްދަތަކަށް ވެވޭ ޢަޤުދެކެވެއެގޮތުން، ޒަމާނަކީ މި ޢަޤުދުގެ އަސާސީ އެއްޗެއްގެ ގޮތުގައި ބެލެވޭ އެއްޗެކެވެއަމާންކޮށްދޭ ފަރާތުން ގެއްލުން ތަޙައްމަލު ކުރާނީ ވަކި ތާރީޚަކުން ފެށިގެން ގޮސް ވަކި މުއްދަތެއް ވަންދެނެވެ.

5- މިއީ ބޯ ލެނބުމުގެ ޢަޤުދެކެވެމާނައަކީ، މި ޢަޤުދު ޤަބޫލު ކުރުމަކީ، އެއީ ހުށައަޅާ ފަރާތުން ހުށައަޅާފައިވާ ޝަރުޠުތަކާ މެދު އިތުރު ވާހަކައެއް ދެއްކުމެއް ނެތި، ޤަބޫލުކުރަންޖެހޭ ޢަޤުދެކެވެ.

6- އެއީ، ބަދަލުދީގެން ކުރެވޭ ޢަޤުދެކެވެވީމާ މި ޢަޤުދުގައި ހިލޭސާބަހަށް އެއްޗެއް ދިނުން އެއީ ވާރިދު ނުވާ ކަމެކެވެއަމާންކޮށްދޭ ފަރާތުން ފައިސާ ދޭން ޖެހޭނީ، އަމާންކުރެވިފައި އޮތް ގެއްލުމެއް ކުރިމަތިވުމުންނެވެއަދި އަމާންކޮށްދެވުނުފަރާތަށް ފައިސާ ލިބޭނީ އޭނާ ދައްކަން ޖެހޭ މިންވަރުތައް ދެއްކުމުންނެވެ.

7- މިއީ އޭގެ އަސްލުގައި މަދަނީ ޢަޤުދެކެވެނަމަވެސް އަމާންކޮށްދިނުމުގެ ޚިދުމަތް ދޭ ކުންފުންޏެއްގެ ސިފައިގައި މި ޚިދުމަތް ދެންޏާ، މި ޢަޤުދަކީ ވިޔަފާރު ޢަޤުދަކަށް ވެއެވެއެ ގޮތުން އެ ކުންފުނި ކުރާ ހުރިހާ ކަމަކީ ވެސް ވިޔަފާރި ޢަމަލުތަކެކެވެނަމަވެސް ''ބައިވެރިވާ އަމާންކުރުން'' އެއީ ވިޔަފާރި ޢަމަލެއް ނޫނެވެއެހެނީ މި ކުންފުނިތަކަކީ ވިޔަފާރި ކުންފުނިތަކެއް ނޫނެވެއަދި އެ މީހުންގެ މައިގަނޑު ލަނޑު ދަނޑިއަކީ ފައިދާ ހޯދުމެއް ވެސް ނޫނެވެ.

8- އެއީ ނިޔަތް ރަނގަޅު ކަމަށް ބަލައި ކުރެވޭ ޢަޤުދެކެވެނިޔަތް ރަނގަޅު ކަމަށް ބެލުމަކީ، ހުރިހާ ޢަޤުދުތަކަކަށް ވެސް ފެތޭ ޢާއްމު އުސޫލަކެވެނަމަވެސް އަމާންކުރުމުގެ ޢަޤުދުގައި، މިކަން އޮންނަލެއް ބޮޑުވެފައި އަދި ޢަޤުދު ކުރުމުގެ މުހިއްމު ދައުރެއް ''ނިޔަތް ރަނގަޅުވުން'' ކުޅެއެވެއެގޮތުން އަމާންކުރުވާމީހާ ދޭ މަޢްލޫމާތު ތަކަކީ ތެދު މަޢްލޫމާތެއް ކަމަށާއި އަދި އޭނާގެ ނިޔަތް ރަނގަޅު ކަމަށް އަމާންކޮށްދޭ މީހާ ބަލައެވެޢަޤުދު ފައްޓާ އިރު ވެސް އަދި ޢަޤުދު ތަންފީޒު ކުރާ އިރު ވެސް މި ކަމަށް ބެލެއެވެ.

ވިޔަފާރި އަމާންކުރުމާމެދު މި ޒަމާނުގެ ޢިލްމުވެރިންގެ ރައުޔު:


މިޒަމާނުގެ ވިޔަފާރި އަމާންކުރުމަކީ ކުރީގެ ފިޤުހުވެރިންގެ ދުވަސްވަރު އޮތް ކަމަކަށް ނުވާތީ އެ ބޭފުޅުން އެ މައުޟޫޢަށް ވާހަކަ ދައްކަވާފައި ނެތެވެތަންކޮޅެއް މަތީގައި ވެސް ބުނެވިދިޔަހެން، މި ޒަމާނުގައި މި ކުރެވޭ ގޮތަށް ކުރެވޭ އަމާންކުރުމާ ބެހޭ ގޮތުން، ސާފު ސަރީޙަ ގޮތެއްގައި އެންމެ ފުރަތަމަ ވާހަކަ ދައްކަވާފައިވަނީ، ޢައްލާމާ މުޙައްމަދު އަމީން ބިން ޢާބިދީން (1198- 1252 ހއޭނާގެ ފޮތް ''ރައްދުލް މުހްތާރު ޢަލާ އައްދުއްރިލް މުޚްތާރި'' އޭ ކިޔުނު ފޮތުގައެވެ.
ދެން މި ކަމާ ބެހޭ ގޮތުން މި ފަހުގެ ޢިލްމުވެރިން ދައްކަވާފައި ހުރި ވާހަކަތަކަށް ބަލާއިރު، ތިން ރައުޔެއް ފެންނަން އެބައޮތެވެ.  އެއީ:

އެކެއްއެއްކޮށް މަނާކުރުން.

ދަލީލެއްގެ ގޮތުން މި މީހުން ބުނަނީ:

1- އެއީ ޖުވާގެ ހުންނަ ސިފައާއި، ޣަރަރުގެ މައްޗަށް ބިނާވާ ޢަޤުދެކެވެއެހެނީ، މި ޢަޤުދަކީ ބައެއް ފަހަރު ކުރިމަތި ވެދާނެ ނުރައްކަލަކަށް އަދި އަނެއްބައި ފަހަރު ކުރިމަތި ނުވާނެ ނުރައްކަލަކާ ގުޅުވިފައިވާ ޢަޤުދެކެވެޖުވާ ނުވަތަ ޤިމާރުގެ މާނައަކީ މިއީއެވެއަނެއްކޮޅުން މި ޢަޤުދު ފައްޓާއިރު، ދެ ފަރާތުން ކުރެ ފަރާތަކަށް، އޭނާ ދޭނެ ވަރަކާއި(ޙަޔާތަށް އަމާންކުރާއިރުއަދި ލިބޭނެ ވަރެއް ނޭނގެއެވެއަދި ޢަޤުދުގެ އެއްފަރާތަށް ގެއްލުން ވާ ވަރެއް އެއީ، އަނެއް ފަރާތަކަށް ވާ ފައިދާއެކެވެވީމާ ޢަޤުދު މި އޮތީ ގެއްލުމާއި ފައިދާގެ ނުރައްކަލުގެ ދެމެދުގައެވެޣަރަރުގެ މާނައަކީ މިއީއެވެ.

2- އެއީ ރިބާ ހިމެނިފައިވާ ޢަޤުދެކެވެއެހެނީ އަމާންކުރުމުގައި، ބައިތަކުގެ ގޮތުގައި ކުންފުންޏަށް ފައިސާތަކެއް ދީފައި ފަހުން ގެއްލުމެއްވެގެން ފައިސާ ބޭނުންވީމާ ގޮސް ދިން ފައިސާއަށް ވުރެ ގިނައިން/މަދުން، ކުންފިން އަތުލައެވެދިން އެއްޗަށް ވުރެ ގިނައިން އަނބުރާ ލިބިއްޖެނަމަ އެއީ އޭނާ ކާ ރިބާއެވެމަދުން ލިބިއްޖެނަމަ، އެއީ ކުންފުނިން ކާ ރިބާއެވެއަދި ޙަޔާތަށް ކުރެވޭ އަމާންކުރުމުގައި، ކުންފިނިން ދޭ އިތުރު ފައިސާއަކީ ރިބާ ބޭންކުތަކަށް ލައިގެންނާއި، އަދި އިސްލާމީ މިންގަނޑުތަކަށް ނުފެތޭ މޭވާކުރުންތަކުން ހޯދާ ފައިސާއެވެ.

3- އެއީ ނުޙައްޤުން މީހުންގެ މުދާ ކެއުން އޭގައި ހިމެނޭ ޢަޤުދެކެވެއެހެނީ، އަމާންކޮށްދެވުނު މީހާއަށް ގެއްލުމެއް ކުރިމަތިނުވިއްޔާ، އޭނާ ދެއްކި ހުރިހާ ފައިސާތައް(ބައިތައް)، އެއްވެސް ބަދަލެއް ނެތި އަމާންކޮށްދިން ކުންފުންޏަށް ލިބިއެވެ.

ދޭއްތައުމީންކުރުން އެއްކޮށް ހުއްދަ

އަމާންކުރުމަކީ އެއްކޮށް ހުއްދަ ކަމެއް ކަމަށް ވިދާޅުވި އެންމެ ފާހަނގަ ކުރެވޭ ޢިލްމުވެރިއަކީ އައްޝައިޚް މުޞްޠަފާ އައްޒަރްޤާ، އަދި އައްޝައިޚް ޢަލީ އަލްޚަފީފް އެވެ. (ދެބޭކަލުންނަށް ރަޙްމަތް ލައްވާށި). މި ގޮތަށް ވިދާޅުވާ ޢިލްމުވެރިންގެ މައިގަނޑު ދަލީލަކީ:

1- އަމާންކުރުމަކީ، އެއާ ބެހޭ ގޮތުން ޝަރުޢުގައި ނައްޞެއް އައިސްފައި ނުވާ، މުޅިން އާ ޢަޤުދެކެވެއަދި އެ ހުއްދަ ނުވާން ޖެހޭ ފަދަ ކަމެއް ޝަރީޢަތުގެ އުޞޫލުތަކުގެ ތެރޭގައި ނެތެވެވީމާ ކަންކަމުގެ އަސްލަކީ ހުއްދަވުން ކަމަށް ވާ ހިނދު، ތައުމީންކުރުންވެސް އޮންނާނީ އެ ގޮތުގައެވެ.

2- މަގެއްގެ ނުރައްކަލަށް ޖާމިނުވުމާ ބެހޭ ގޮތުން ޙަނަފީ ފިޤުހުވެރިން ގެންނަވާފައިވާ ވާހަކައެއްގެ މައްޗަށް، ތައުމީންކުރުންޤިޔާސްކުރެވެއެވެއެ ބޭފުޅުން ގެންނަވާފައިވާ ގޮތުގައި، މިސާލަކަށް މީހަކު އަނެކަކަށް، މި މަގުން ދާށޭ މިއީ އަމާން މަގެކޭ އަދި ތިމަންނަ އެކަމަށް ޖާމިންވަމޭ ބުނެފައި ހުއްޓާ، އޭނާ އެމަގުން ދަތުރުކުރަނިކޮށް، އެ މުދާތަށް މަގުފޭރެވިއްޖެނަމަ، އޭނާ ޖާމިންވާންޖެހޭނެއެވެތައުމީންކުރުންހުއްދަ ކަމަށް މި ދަލީލު ގެންނަވާ ބޭފުޅުން ވިދާޅުވާ ގޮތުގައި މި މިސާލާއި އަމާންކުރުމާއި ދެމެދު ހުރި އެއްގޮތް ކަމަކީ، މި މިސާލުގައި ގެއްލުން ކުރިމަތިވުމުގައި ޖާމިނުވާ މީހާ ކުރި އެއްވެސް ކަމެއް ނެތް އިރުވެސް، އޭނާ ޖާމިނުވެއެވެއަދި އޭނާ ޖާމިނުވަނީ ނޭނގޭ އަދި ފަހަރެއްގައި ވެދާނެ ކަމަކަށެވެވީމާ އަމާންކުރުމުގައި، ކުރިމަތިވާ ގެއްލުމަކީ އަމާންކޮށްދޭފަރާތް ކުރިކަމަށް ނުވިޔަސް، އަދި އެއީ ނޭނގޭ ކަމަކަށް ވިޔަސް، އޭނާ ވާ ޖާމިނުވުން ޞައްޙަވާނެއެވެ.
މި ޤިޔާސް ކުރުމަށް ރައްދު ދެއްވާ ޢިލްމުވެރިން ވިދާޅުވަނީ، މި ޤިޔާސް ކުރުމަކީ ރަނގަޅު ޤިޔާސްކުރުމަކަށް ނުވެއެވެއެއް ސަބަބަކީ، ހަނަފީ މަޛްހަބުގައި ގެއްލުމަށް ޖާމިނުވާންޖެހޭ ކަމަށް ބުނެފައި ވަނީ އެއީ، ނުރައްކާ މަގަކުން ދާން ބުނެ ހެއްލީ އޭނާ ކަމަށްވާތީއެވެދެވަނަ ސަބަބަކީ، ޙަނަފީން ބުނެފައި ވަނީ ބަދަލުގައި އެއްޗެއް ނެތި ޖާމިނުވާ ވާހަކައެވެނަމަވެސް އަމާންކުރުމުގައި އަމާންކޮށްދޭފަރާތުން ގެއްލުމަށް ޖާމިނުވަނީ ބަދަލެއް އަތުލައިގެންނެވެ.
3- ތިންވަނަ ދަލީލަކީ، މާލިކީ މަޛްހަބުގައި، އެއްޗެއް ދޭން ބުނެ ލާޒިމުވެގެންފިނަމަ އެކަން އޭނާގެ މައްޗަށް ލާޒިމުވާ ފިޤުހީ ޤަވާޢިދަށް ޤިޔާސްކޮށެވެމި ޤަވާޢިދުގު ޚުލާޞާ އަކީ، އެހެން މީހަކަށް އެއްޗެއް ދޭން ނުވަތަ ގެއްލުމެއް ފޫބައްދައިދޭން ވަޢްދުވެއްޖެނަމަ، އަދި ވަކިން ޚާއްޞަކޮށް ވަޢްދު ދެވުނު މީހާ އެ ބަހުގެ މައްޗަށް ކަމެއް ފައްޓައިފިނަމަ، އެ ވަޢްދުފުއްދުން ލާޒިމުވާނެއެވެމިސާލަކަށް މީހަކު މީހެއް ގާތު، ތިމަންނަ ކަލޭގެ ރަނަށް ވާ ފައިސާ ދޭނަމޭ، މީހަކާ އިންނާށޭ ބުނުމުން، މި މީހާ ކައިވެނި ކުރަން ފައްޓައިފިނަމަ އެ ފައިސާ ދޭން ޖެހޭނެއެވެ.
މި ދަލީލަށް ރައްދު ދެއްވަމުން ޢިލްމުވެރިން ވިދާޅުވަނީ، މިއީ ދޭތީގެ ތަފާތު ހުރުމާ އެކު ކުރެވިފައިވާ ޤިޔާސެކެވެވީމާ މިއީ ކަމުދާ ޤިޔާސަކަށް ނުވާނެއެވެއެހެނީ މާލިކީން އެ ބުނާ ލާޒިމް ވަޢްދަކީ އެއީ ވަޢްދު ކުރާ މީހާ، ފެއްޓުނީއްސުރެ ވެސް ހިލޭސާބަހަށް، ބަދަލެއް ނެތި ދޭ އެއްޗެކެވެނަމަވެސް، އަމާންކުރުމުގައި، އަމާންކޮށްދޭފަރާތް ގެއްލުންތައް ތަހައްމަލު ކުރަން ވަޢްދުވަނީ ހިލޭސާބަހަކަށް ނޫނެވެއެއީ ބަދަލެއް އަތުލައިގެން ކޮށްދޭ ކަމެކެވެ.

5- އަމާންކުރުމަކީ އޭގައި މަސްލަހަތުތަކެއް ވާ ކަމެކެވެއެގޮތުން އަމާންކޮށްދެވޭފަރާތަށް ހިތްހަމަޖެހުމާއި އަމާންކަން އިޙްސާސްވެއެވެއަދި ގެއްލުންތައް ގިނަ ބައެއްގެ މެދުގައި ބަހާލެވި އެ އެންމެން ގެއްލުމުގެ ބައެއް ތަހައްމަލުކޮށް ބައިވެރިވުމަކީ އޭގައި ގިނަގުނަ އިޤްތިޞާދީ ފައިދާތަކެއް ވާ ކަމެކެވެއަދި މިއީ މީހުންނަށް އެކަކު އަނެކަކާ ބައިވެރިވެވޭ ކަމެކެވެމިއީ އިސްލާމީ ޝަރީޢަތް ބާރުއަޅާ ކަންކަމަށް ވާ ހިނދު، މި ކަން ހުއްދަ ނުވާންވީ ސަބަބެއް ނެތެވެ.
މި ދަލީލަށް ރައްދު ދެއްވަމުން ޢިލްމުވެރިން ވިދާޅުވަނީ، އެއްވެސް މަސްލަހަތަކީ ޝަރީޢަތާ އަރާރުންވެ ފުށުއަރާ ކަމެއް ނަމަ، އެއާ ދިމާއަށް ނުބެލެވޭނެއެވެއަދި އަނެއްކޮޅުން، ދީނުގައި މަނާ އެއްވެސް ކަމެއް ނުހިމެނި، ބައިވެރިވާ އަމާންކުރުމުގެ (ތަޢާވުނީ/ތަކާފުލްޒަރީޢާއިން، އަމާންކޮށްދިނުމުގެ ޚިދުމަތް ދެވެން އެބަ އޮތެވެވީމާ، ވިޔަފާރި އަމާންކުރުމާ ދިމާއަށް ދުއްވައިގަންނާކަށް ނުޖެހެއެވެ.

ތިނެއްވިޔަފާރި އަމާންކުރުން ހުއްދައެއް ނޫން، ބައިވެރިވާ އަމާންކުރުން ހުއްދަ.

މި ޒަމާނުގެ ޖުމްހޫރު ޢިލްމުވެރިންނާއި އަދި ހުރިހާ ފިޤުހީ މަޖްމަޢްތަކުން ދެކޭ ގޮތުގައި، ވިޔަފާރީގެ ގޮތުގައި ދެވޭ އަމާންކޮށްދިމުގެ ޚިދުމަތަކީ، އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫނެވެނަމަވެސް ބައިވެރިވާ އަމާންކުރުން އެއީ ހުއްދަ ކަމެކެވެވިޔަފާރި އަމާންކުރުން ޙަރާމް ކަމަށް ސުޢޫދިއްޔާގެ ބޮޑެތި ޢިލްމުވެރިންގެ މަޖުލިހުން 4/4/1397 ހ ގައި ޤަރާރު ނަމްބަރު 15 ނެރެފައިވެއެވެއަދި ރާބިޠަތުލް ޢާލަމުލް އިސްލާމީއަށް ތަބާވާ މަޖްމަޢުލް ފިޤްހުލް އިސްލާމީގެ ފުރަތަމަ ދައުރުގެ ބައްދަލުވުމުން، 1398ހ ގައި ޤަރާރެއް ނެރެފައިވެއެވެއަދި މުނައްޡަމަތުލް މުއުތަމަރުލް އިސްލާމީގެ މަޖްމަޢުލް ފިޤްހީ އަލްއިސްލާމީ، 1406ހ ގައި ނެރުނު ޤަރާރު ނަމްބަރު 6ގައި، ވިޔަފާރި އަމާންކުރުން ޙަރާމް ކަމަށް ބުނެފައިވެއެވެއަދި ހުއްދަ ކަމަށް ބުނާ މީހުންގެ ބަހަށް ޢިލްމީ ރައްދު ދީފައިވެސް ވެއެވެ.
އަމާންކުރުމާ(Insurance) ބެހޭގޮތުން، ގިނަ މީހުންނަށް ލިބިފައިވާ ޝަރުޢީ މަޢްލޫމާތު ވަރަށް މަދޭ ބުނުމުން ދޮގަކަށް ވާނެހެން ހީނުވެއެވެއަދި އަމާންކުރުމަކީ އޭގައި ޝަރުޢީ މައްސަލަތަކެއް އުޅޭ ކަމެއްކަން، ބައެއް މީހުން އަޑު އަހާފައިވިޔަސް، ވިޔަފާރި އަމާންކުރުމާއި (Commercial Insurance)، ބައިވެރިވާ އަމާންކުރުމުގައި(Cooperative Insurance) ތަފާތުތަކެއް ހުންނަ ކަމެއް، އޭގެތެރެއިން ބައެއް މީހުންނަށް ނޭނގެއެވެތަފާތެއް ހުންނަކަން އެނގުނަސް، އޮޅުންބޮޅުން ގަނޑެއްގެ ތެރެއިން އެ ތަފާތު ނެރެ ވަކިކުރަން، އަނެއް ބަޔަކަށް ދަތިވެއެވެމިހެންވެ، މި ދެ ވައްތަރަކީވެސް އެކައްޗެކޭ ބުނާފަހަރު އާދެއެވެ.
އަނެއްކޮޅުން އަނެއް ބަޔަކު ދެކޭ ގޮތުގައި، ބައިވެރިވާ އަމާންކުރުން ހުއްދަވެފައި، މިއާ ވިޔަފާރި އަމާންކުރުމާ ތަފާތެއް ނެތް ހިނދު، ވިޔަފާރި އަމާންކުރުންވެސް ވާނީ ހުއްދަ އެއްޗަކަށެވެއަދި އަނެއް ބަޔަކު މީހުން މި މީހުންނާ މުޅިން އިދިކޮޅު ރައުޔަކަށް ދެއެވެއެ މީހުން ދެކޭ ގޮތުގައި، ވިޔަފާރި އަމާންކުރުމަކީ ޙަރާމް ކަމެކެވެއަދި މިއާ ބައިވެރިވާ އަމާންކުރުމާ އެއްވެސް ތަފާތެއް ނެތް ހިނދު، ބައިވެރިވާ އަމާންކުރުންވެސް ވާނީ ޙަރާމް އެއްޗަކަށެވެ.

ޣަރަރުގެ ޙަޤީޤަތް:

ޣަރަރުގެ މާނައަކީ، ވާނެގޮތް ނޭނގުމުގެ ނުރައްކަލެވެޣަރަރު އުފެދޭ ގޮތަކީ، ފަހަރެއްގައި ވެދާނެ ކަމެއްގެ މައްޗަށް ދެ ފަރާތުން އެއްޗެއް (ފައިސާ ނުވަތަ އަގުކުރެވޭ އެއްޗެއް ބަދަލެއްގެ ގޮތުންދިނުމެވެއޭގެ ނަތީޖާއަކަށް ވާނީ އެއްފަރާތަށް ފައިދާވެފައި އަނެއް ފަރާތަށް ގެއްލުންވުމެވެމިގޮތަށް ވުމަށް އިޤްތިޞާދީ ޢިލްމުވެރިން ކިޔައި އުޅެނީ 'ނަތީޖާ ސުން ބަދަލުކުރުންނުވަތަ 'Zero-sum game' އެވެ.
ކުރީގެ ފިޤުހު ފޮތް ތަކުގައި، ޣަރަރުގެ މިސާލެއްގެ ގޮތުން ގެނެވިފައިވާ މިސާލުތަކުގެ ތެރޭގައި ބުނެފައި ވަނީ، ފިލާފައިވާ އަޅެއް ނުވަތަ ގެއްލިފައިވާ ޖަމަލެއް ވިއްކުމަކީ ޣަރަރު ހިމެނޭ ވިއްކުމެއް ކަމަށެވެވީމާ ފިލާފައިވާ އަޅެއް ނުވަތަ ގެއްލިފައިވާ ޖަމަލެއް ފަދަ އެއްޗެހި ވިއްކުމަކީ، މި ޒަމާނުގެ ބަހުން ބުނާނަމަ 'ނަތީޖާ ސުން ބަދަލުކުރުންްއެކެވެއެހެނީ ޖަމަލު ފެނިއްޖެނަމަ، އަސްލު އަގަށް ވުރެ މާބޮޑުތަން ހެޔޮކޮށް އެ ޖަމަލު ގަތް މީހާއަށް، އެ ވާނީ ފައިދާއަކަށެވެއަނެއްކޮޅުން ވިއްކި މީހާއަށް، ޖަމަލުގެ އަސްލު އަގާއި ވިއްކި ކުޑަ އަގާ ދެމެދު ހުރި ފަރަގު، އެ ވާނީ ގެއްލުމަކަށެވެއަދި ޖަމަލު ނުފެނިއްޖެނަމަ، އެ ގަތް މިހާއަށް އެއްވެސް އެއްޗެއް ނުލިބި، އެ ގަންނަން ދިން ފައިސާ ގެއްލިދިޔައީއެވެއަނެއްކޮޅުން، ގެއްލިފައިވާ އެއްޗެއް ވިއްކާލެވުނީތީ، ވިއްކި މީހާއަށް ވާނީ ފައިދާއެވެ.
ވިޔަފާރި އަމާންކުރުމަކީވެސް، ނަތީޖާ ސުން ބަދަލުކުރުމެކެވެއެއީ އަމާންކުރެވޭފަރާތް، ބައިތައް ދައްކާފައިހުއްޓާ، ގެއްލުމެއް ކުރިމަތި ނުވެއްޖެނަމަ، އެ ފައިސާތައް ވެގެންދާނީ ކުންފުންޏަށް ލިބޭ ފައިދާއަކަށެވެއަދި އަމާންކުރެވޭފަރާތަށް ލިބޭ ގެއްލުމަކަށެވެއަނެއްކޮޅުން ގެއްލުން ކުރިމަތިވެގެން، އެ ގެއްލުމުގެ ބަދަލު (ދެއްކި އެއްޗަކަށްވުރެ އެތައް ގުނައެއް އިތުރަށްކުންފުނިން ދީފިނަމަ، އެއީ އަމާންކުރޭވޭފަރާތަށް ލިބޭ ފައިދާއެކެވެއަދި ލިބިފައިހުރި ޖުމްލަ ބައިތަކާއި ދައްކަން ޖެހުނު ބަދަލާ ދެމެދު ހުރި ފަރަގަކީ އެއީ އަމާންކުރާފަރާތަށް ލިބޭ ގެއްލުމެކެވެ.
ވީމާ، ވިޔަފާރި އަމާންކުރުމުގެ ޢަޤުދަކީ، ބޮޑު ޣަރަރެއް ހިމެނޭ ޢަޤުދުތަކުގެ ތެރޭގައި ހިމެނޭ ޢަޤުދެކެވެއެއީ މި ޢަޤުދުގައި ދެފަރާތަށް ފައިދާވުމުގެ އެއްވެސް އިޙްތިމާލެއް ނޯންނާތީއެވެކިއެއްތަ، މި ޢަޤުދަކީ އަބަދުވެސް، އެކަކަށް ފައިދާވިއްޔާ ކޮންމެހެންވެސް އަނެކަކަކަށް ގެއްލުންވާނެ ޢަޤުދެކެވެ.

އަމާންކުރުން ތަހްލީލީ ނަޒަރަކުން

އަމާންކުރުމުގެ ޢަޤުދުގެ ބޭނުމަކީ އަމާންކަން ހޯދުމޭ ބުނާ ބުނުމަކީ، އަމާންކުރުމުގެ ޢަޤުދު ތަޞައްވަރުކުރުމުގައި މައްސަލައެއް އެބަ އުޅޭކަން ދޭހަކޮށްދޭ ކަމެކެވެ.
އެހެނީ، ގެއްލުމާއި ނުރައްކާ މުޅިން އެއްކޮށް ދުރުކުރެވުމުން ނޫނީ، އަމާންކަމެއް އިޙްސާސެއް ނުވާނެއެވެއަމާންކަން އިޙްސާސްވުމުގެ މާނައަކީ، އެއްވެސް ބިރެއް ނުރައްކަލެއް ނެތުމެވެނަމަވެސް، އަމާންކޮށްދިނުމުގެ ޚިދުމަތްދޭ ކުންފުނިން ކުރާ ކަމަކީ، އަމާންކޮށްދެވުނު އެތި ނުރައްކާތަކުން ސަލާމަތްކޮށް ޙިމާޔަތްކުރުމެއް ނޫނެވެޢަޤުދުގެ މަޤްޞަދަކީ ފަހަރެއްގައިވެސް މިއެއް ނޫނެވެއޭގެ މަޤްޞަދަކީ، ނުރައްކަލެއް ކުރިމަތިވެ ގެއްލުންވުމުން އެ ލިބޭ ގެއްލުމުގެ ބަދަލު ލިބޭގޮތް ހެދުމެވެ.
ވީމާ މިއީ، ނުރައްކާ ކުރިމަތިވާ މިންވަރު މަދުކުރުމަށް މަސައްކަތް ކުރުމަށް ކުރެވޭ، ބެލެހެއްޓުމުގެ ޢަޤުދުފަދަ، މަސައްކަތު ޢަޤުދާ މުޅިން ތަފާތު އެއްޗެކެވެބެލެހެއްޓުމުގެ ޢަޤުދަށް ބަލާއިރު، އެއީ އަމާނާތުގެ ޢަޤުދެކެވެއަދި އެ ޢަޤުދު ކުރެވެނީ ގެއްލުންތައް ކުޑަ ކުރުމަށް ކުރެވޭ މަސައްކަތަކަށެވެނަމަވެސް، އަމާންކުރުމުގެ ޢަޤުދަކީ ޖާމިނުވުމަށް ކުރެވޭ ބަދަލުދިނުމުގެ ޢަޤުދެކެވެމީގައި ކުރާ އެއްވެސް މަސައްކަތެއް ނޯވެއެވެކިއެއްތަ، އަމާންކުރުމުގެ ޢަޤުދުތަކުގެ ނައްޞުތަކުގައި ޝަރުޠުކޮށްފައި އޮންނާނީ، ކުރިމަތިވާ ގެއްލުމަކީ އެއީ އަމާންކުރެވޭފަރާތުގެ ބާރު ދަށުން ބޭރުގައިވާ ކަމަކަށް ވާންޖެހޭނެ ކަމަށެވެ.
ވިޔަފާރި އަމާންކުރުމަކީ، އެ ޚިދުމަތް ދޭ މީހުން ދައްކާ ވާހަކައާ އޭގެ ޙަޤީޤަތާ އަޅާބަލާއިރު، ދެކޮޅު ޖެހޭ ކަމެއް ނޫނެވެވިޔަފާރި އަމާންކުރުމުގެ ބޭނުމަކީ މީހުންނަށް އަމާންކަން ހޯދައިދިނުމޭ ބުނާއިރު، އަމާންކަމަށް އެންމެ ބޭނުން ޖެހިފައިތިބޭ، އެންމެ ބޮޑަށް ނުރައްކަލަށް ހުށައެޅޭ މީހުންނަށް، މި ޚިދުމަތް ދޭން ކުންފުނިތަކުން ދެކޮޅުހަދައެވެ.
އެއީ މިފަދަ މީހުން އަމާންކޮށްދީފިއްޔާ، ކުންފުންޏަށް ގެއްލުންވާނެ ކަމުގެ އިޙްތިމާލު ބޮޑުވާނެތީއެވެއަދި ބައެއްފަހަރު ޔަޤީންވެސް ވާތިއެވެއެހެންވެ، ކުންފުނިން އަބަދުވެސް ހޯދާނީ، ވީހާވެސް ކުޑަކޮށް ނުރައްކަލަށް ހުށައެޅޭ، ނުވަތަ އެއްގޮތަކަށްވެސް ނުރައްކަލެއް ކުރިމަތި ނުވާނެ މީހުންނެވެމި މީހުންގެ ހިތަށް މުސްތަޤުބަލާމެދު ބިރުވެރިކަން ވައްދައިގެން، އަމާންކުރުވީމާ، ކުންފުންޏަށް ލިބޭނީ ހުސްފައިދާއެވެމާނައަކީ، ވިޔަފާރި އަމާންކޮށްދިނުމުން ކުރާ ކަމަކީ، އަމާންކަން ލިބިފައިވާ މީހާގެ އަމާންކަން އިތުރުކޮށްދީ، ނުރައްކަލުގެ ބިރު ކުރިމަތިވެފައިވާ މީހާ އިތުރަށް ބިރުގެންނެވުމެވެރިބާ ބޭންކުތަކުންވެސް ކަންތައް ކުރަނީ މިކަހަލަ އުޞޫލަކުންނެވެބޭންކުތަކުންވެސް ދަރަނި ދޭނީ، އެންމެ ކުޑަކޮށް ދަރަންޏަށް ބޭނުންޖެހިފައި ތިބޭ ފުދޭވަރެއްގެ ތަނަވަސް މީހުންނަށެވެފައިސާ ފޮއްޗަކަށް އެންމެ ބޮޑަށް ބޭނުންޖެހިފައި ތިބޭ ފަޤީރުންނަށް، ދަރަނި ދިނުމަކީ ބޭންކުތަކުން ދަންނަ ކަމެއް ނޫނެވެ.
މީގެ ނަތީޖާއަކީ މުއްސަނިދި މީހާ އިތުރަށް މުއްސަނދިވެފައި، ފަޤީރުމީހާ އިތުރަށް ފަޤީރުވުމެވެއަދި އަމާންކުރުމުގެ ޚަރަދުތައް ހޭދަކުރުމުގެ ކުޅަދާނަކަން ލިބިފައި ތިބެނީ މުއްސަނދިން ކަމަށްވުމުގެ ނަތީޖާއަކަށް ވާނީ، މުއްސަނދި މީހާއަށް އިޙްސާސްވާ އަމާންކަން އިތުރުވެ، އަނެއްކޮޅުން ފަޤީރުމީހާގެ ބިރުވެރިކަން އިތުރުވުމެވެމިހެން މިކަންތައްތައް ވެފައި މިވަނީ، އަމާންކޮށްދިނުމާއި ދަރަނި ދިނުމަކީ، ފައިދާ ހޯދުމުގެ ބޭނުމުގައި ބަޔަކު ކުރާ ވިޔަފާރިއަކަށް ވެފައިވާތީއެވެމި ދެކަންތައް، އިސްލާމީ ޝަރީޢަތް ބޭނުންވާ މަގުން ކައްސާލާފައިވާތީއެވެއިސްލާމްދީން ދެކޭ ގޮތުގައި، ދަރަންޏާއި އަމާންކަމަކީ އެއަށް ބޭނުންޖެހިފައި ތިބޭ ބަޔަކަށް ދެވޭ ޚިދުމަތެކެވެއެހީއެކެވެމި ދެ މައިދާނަކީ ފަހަރެއްގައިވެސް، ބޮޑު މަސްތައް ކުދި މަސްތައް ކާލާ އުސޫލު އޮވެގެންވާނެ، މައިދާނެއް ނޫނެވެ.
އަމާންކުރުމުގައި ދައްކާ ބައިތައް ކަނޑައެޅުމުގައި ގެންގުޅޭ ތަފާސްހިސާބު ދެކޭ ގޮތުގައި، އަމާންކުރުމުގެ ޚިދުމަތް ލިބިގަންނަ މީހުންގެ ތެރެއިން، ނުރައްކާ ކުރިމަތިވާނީ މަދު ބަޔަކަށެވެވީމާ ޚިދުމަތް ލިބިގަތް އެންމެން އަތުން ފައިސާ އަތުލުމަށްފަހު، މަދު ބަޔަކަށް ގެއްލުން ކުރިމަތިވެ، ބަދަލު ދޭން ޖެހުނީމާ، ލިބިފައިހުރި ޖުމްލަ ފައިސާއިން އެކަން ކުރެވޭނެއެވެއަދި، ގެއްލުމެއް ކުރިމަތި ނުވެ ދެން ބާކީ ތިބި މީހުންނަށް ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި، ގެއްލުން ކުރިމަތި ނުވާނެ ކަންވެސް، އަންދާސީ ހިސާބު ޢިލްމުގެ އެހީގައި، ކުންފުނިން ލަފާކޮށް ދެނެގަނެއެވެނަމަވެސް މި ލަފާކުރުމާ ޚިލާފަށް ކަންތަށްވެ، ގިނަ ބަޔަކަށް އެއްފަހަރާ ގެއްލުންތައް ކުރިމަތިވެއްޖެނަމަ، ބަދަލު ދިނުމަށް ކުންފުންޏަށް ނުކުޅެދޭނެއެވެމިފަދަ ހާލަތެއްގައި ދެން ކުންފުންޏަށް ޖެހޭނީ، އެހެން ކޮންމެވެސް ގޮތަކުން ފައިސާ ހޯދޭނެ ގޮތެއް ހަމަޖައްސާށެވެނޫނީ ބަނގުރޫޓުވުމާ ކުންފުނި ކުރިމަތިލާންޖެހޭނެއެވެ.
މިއުޒިކު ގޮނޑި ކުޅި:
އަމާންކުރުމަކީ، މި ކިޔާ މިއުޒިކު ގޮނޑި ކުޅިއާ ވައްތަރު އެއްޗެކޭވެސް ބުނެވިދާނެއެވެމިއުޒިކު ގޮނޑި ކުޅީގައި ހުންނާނީ ވަކި ޢަދަދެއްގެ ގޮނޑިއެވެއަދި އެ ޢަދަދަށް ވުރެ ގިނަ ޢަދަދެއްގެ ކުޅޭ މީހުންނެވެދެން މިއުޒިކު ހުއްޓާ ނުލާ ކުޅެކުޅެ ހުންނަހާ ހިނދަކު، ކުޅޭ މީހުންތައް ގޮނޑިތައް ވަށައިގެން ދުވެދުވެ ތިބޭނެއެވެގޮނޑި ނުލިބުމުގެ މައްސަލައެއް އަދި އެ ހިސާބުން ކުރިމަތި ނުވާނެއެވެނަމަވެސް، މިއުޒިކު ހުއްޓާލެވޭއިރަށް، އެންމެން އިށީންނަން ދުއްވައިގަތީމާ، ކޮންމެވެސް ބަޔަކު ގޮނޑި ނުލިބި ބާކީވާނެއެވެމީހުންގެ ޢަދަދަށް ވުރެ، ގޮނޑީގެ ޢަދަދު މަދުވުމަކީ، މި ކުޅިވަރުގެ ޤަވާޢިދު އޮންނަ ގޮތެވެދެން އަމާންކޮށްދިނުމަށް ބަލާއިރުވެސް، އެތަށް ހާސް ބަޔަކަށް އަމާންކޮށްދިނުމުގެ ޚިދުމަތް ކުންފުނިން ދޭނެއެވެނަމަވެސް، އޭގެ ތެރެއިން މަދު ނިސްބަތަކަށް މެނުވީ، ބަދަލު ދިނުމުގެ ޤާބިލުކަމެއް ނުހުންނާނެއެވެ. (މީހުންގެ ޢަދަދަށް ވުރެ ގޮނޑި މަދުވާނެއެވެ.) އެކަކަށްވެސް ގެއްލުމެއް ކުރިމަތި ނުވަންޏާ، ނުވަތަ ޖުމްލަ ޢަދަދާ އަޅާ ބަލާއިރު ގެއްލުންވި މީހުންގެ ނިސްބަތް ދަށިއްޔާ (މިއުޒިކު ކުޅެ ކުޅެ ހުރިއްޔާހާސްވާކަށް ނުޖެހެއެވެނަމަވެސް މިއުޒިކު ހުއްޓި، ކުންފުނިން ޚިދުމަތް ލިބިގަންނަ މީހުންގެ ތެރެއިން ބޮޑު ނިސްބަތަކަށް ގެއްލުން ކުރިމަތިވެއްޖެނަމަ، ބަދަލު ދޭނެ ފައިސާއެއް ކުންފުނި އަތަކު ނުހުންނާނެއެވެ. (އިށީންނާނެ ގޮނޑިއެއް ނުހުންނާނެއެވެ.)
ވިޔަފާރި އަމާންކުރުމުގެ ދިފާޢުގައި، މި ހިސާބުން މީހަކު ބުނެފާނެ އަނެއް ވާހަކައަކީ، ބަލަން ޖެހޭނީ ޢާއްމުކޮށް ކަންތައް ވާގޮތަށް ކަމަށެވެޢާއްމުކޮށް ކަންތައް ވާގޮތުން، ގެއްލުން ކުރިމަތިވަނީ މަދު ބަޔަކަށެވެވީމާ ބަދަލު ދިނުމުގެ ކުޅަދާނަކަން، ކުންފުންޏަށް ލިބިގެންވެއެވެޢާއްމު ހާލަތަށް ބަލާއިރު، ބަދަލު ލިބޭނެ ކަމުގެ އިތުބާރު، އަމާންކުރެވޭފަރާތަށް ލިބެއެވެވީމާ ބަދަލު ލިބޭނެ ކަމުގެ ހިތްހަމަޖެހުން އޭނާއަށް އެބަލިބެއެވެ.

ހުއްދަ ގޮތުގައި އަމާންކުރުން 

ޙަރާމް އެއްޗަކާ، އެފަދަ އެހެން ޙަރާމް އެއްޗަކާ އެއްކުރެވިއްޖެނަމަ، އެއީ ޝަރީޢަތުގައި ހުއްދަ އެއްޗަކަށް ބަދަލުވެދާނެހެއްޔެވެ؟ ނޫނީ، ޙަރާމް މަދު އެއްޗެއް، ގިނަވެއްޖެނަމަ އެ ހުއްދަވެދާނެހެއްޔެވެ؟
އަހަރެމެން ދަނަންގޮތުގައި، އެއްފަހަރު ކުރުން ޙަރާމް، ނަމަވެސް އެއްހާސްފަހަރު ކުރުމުން ޙަލާލްވާ ވިޔަފާރި ޢަޤުދެއް އިސްލާމީ ޝަރީޢަތުގައި ނުއޮވެއެވެއަދި އެކަކަށް ވިއްކުން ޙަރާމްވެފައި، ހާސްބަޔަކަށް ވިއްކުން ޙަލާލް އެއްޗެއްވެސް ނުވެއެވެމި ނުން ގޮތަށް ބެލުމަކީ މިއީ އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާއި ޤަވާޢިދުތަކާއި މުޅިން ޚިލާފު ކަމެކެވެއެހެނީ އިސްލާމީ ޝަރީޢަތުގައި، ގިނަ މިންވަރުން މަސްތުވާ އެއްޗެއްގެ މަދުމިންވަރަކީވެސް ޙަރާމް އެއްޗެކެވެއަދި މި ގޮތަށް ބެލުމަކީ ބުއްދިއާވެސް ޚިލާފުކަމެކެވެއެހެނީ، އެއް ޢަޤުދު މަނާވުމުގެ މާނައަކީ، އޭގައިވާ ފަސާދައިގެ މިންވަރު ބޮޑުކަމެވެވީމާ، ޢަޤުދުގެ ޢަދަދު ގިނަވުމުން އެ ހުއްދަވެ، މަޞްލަޙަތަކަށް ބަދަލުވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -ރަޙިމަހުއްވިދާޅުވިއެވެ: ''ކުޑަ ގެއްލުމެއްވެސް އޮވެގެން، ކަމެއް ޙަރާމްކުރުމަށް ފަހު، ހަމަ އެ ގެއްލުން ގިނަވެ ބޮޑުވުމުން އެކަމެއް ހުއްދަކުރުމަކީ، ޝަރީޢަތް އެކަމަކުން ބަރީއަވެގެންވާ ކަމެއްކަން، ވިސްނާ ފިކުރުކޮށްފި މީހަކަށް އެނގޭނެއެވެ.''
ފަރުދީގޮތަކަށް އަމިއްލަ ފަރުދުންގެ ތެރޭގައި ކޮށްފިއްޔާ، އަމާންކުރުމަކީ އެއީ ޣަރަރާއި ޖުވާކަމަށް، އެ މީހުން އެއްބަސް އެބަވެއެވެވީމާ މީގެ މާނައަކީ، ވަކި ފަރުދަކާ ޖެހޭއިރު، އެއްކަލަ އަންދާސީހިސާބުގެ ޤާނޫނުތަކަކީ އޮންނަ އެއްޗެއް ކަމަށް، އެ މީހުން އިޢުތިރާފު ނުވާކަމެވެނަމަވެސް ޢަޖާއިބު ކުރުވަނިވި ކަމަކީ، ގިނަ ޢަދަދެއްގެ ބަޔަކާއެކު ކުންފުންޏަކުން ހަމަ މި ޢަޤުދު ކުރަންޏާ، އެއީ ހުއްދަ ކަމެއް ކަމަށް އެ މީހުން އެބަ ބަލައެވެއަހަންނަށް ފެންނަ ގޮތުގައި ''ހުއްދަކުރަންޏާ'' ހުއްދަކުރުން އައުލާކަން ބޮޑީ، ދެ ފަރުދެއްގެ ދެމެދުގައި އަމިއްލައަށް މި ޢަޤުދު ކުރެވޭއިރެވެ.
އެހެނީ މި ހާލަތުގައި މި ޢަޤުދަކީ ދޭދޭ މީހެއްގެ ދެމެދުގައި ކުރެވިފައިވާ، އަދި ބޭރު އެހެން އެއްވެސް މީހަކާ ގުޅުމެއް ނެތް ޢަޤުދެކެވެގިނަބަޔަކާ އެކު ޢަޤުދުކުރުން، މިއީ މި ޢަޤުދު ހުއްދަވުމުގެ ޝަރުޠަކަށް ބެލޭކަމަށްވަންޏާ، މި ޢަޤުދަކީ ދޭދޭ މީހުންގެ މެދުގައި ކުރެވޭ ޢަޤުދެއްކަމުގައި ނުވެއެވެކިއެއްތަ، މިއީ ޖަމާޢީ ޢަޤުދެކެވެއަދި މިއީ ހަމައެކަނި އަމާންކުރެވޭފަރާތާއި ކުންފުންޏާއި ދެމެދު އޮންނަ ގުޅުން ތަންޒީމުކުރާ ޢަޤުދެއްކަމުގައިވެސް ނުވެއެވެކިއެއްތަ، މިއީ އަމާންކޮށްދެވޭ ހުރިހާ ފަރާތތަކެއް، ނުރައްކާތަކާ ކުރިމަތިލުމުގެ ކަންތައްތައް ތަންޒީމުކޮށްދޭ ޢަޤުދެކެވެޢަޤުދުގައި މިވާހަކައަށް އެއްބަސްވެއްޖެނަމަ، ބެލެވޭނީ މިއީ ''ބައިވެރިވާ އަމާންކުރުން'' ކަމަށެވެއެކަމަކު މި އަސާސުގެ މައްޗަށް މި ޢަޤުދު ބިނާ ނުކުރެވި، ޙައްޤުތަކާއި އިލްތިޒާމުތަކަކީ، ކުންފުންޏާއި އަމާންކުރެވޭފަރާތާ ދެމެދު އޮންނަ ކަމަކަށް ވަންޏާ، ޢަޤުދު ހުއްދަ ޢަޤުދެއްކަމުގައި ބަލަން، ގިނަފަރާތްތަކަކާ އެކު ޢަޤުދު ހެދުން ޝަރުޠުކުރުން އެއީ މާނައެއް ހުރި ކަމެއް ނޫނެވެ.
އަދިވެސް ބުނަން އޮތީއަމާންކުރެވޭފަރާތަށް ކުންފުނިން ފުރިހަމަކޮށްދޭ އިލްތިޒާމުތައް، ފުރިހަމަކޮށްދެވުން ހުއްޓިފައިވަނީ، އެހެން ފަރާތްތަކުން ދައްކާ އިޝްތިރާކުތަކުގެ މައްޗަށް ކަމަށްވަންޏާ، އެ ވާހަކަ ޢަޤުދުގައި ރީއްޗަށް ބަޔާންކުރާށެވެމި ގޮތަށް ބަޔާންކޮށްފިނަމަ އެ ވާނީ ބައިވެރިވާ އަމާންކުރުމަކަށެވެއޭގެ މައްޗަށް ހުއްޓިފައި ނުވާނަމަ -ވިޔަފާރި އަމާންކުރުމުގައި އޮންނަފަދައިން-، ގިނަ ބަޔަކާ އެކު ޢަޤުދު ހެދުން ޤާނޫނުގައި ޝަރުޠުކުރެވިފައި ވަނީ ކީއްކުރަންހެއްޔެވެ؟ މިއީ ކޮންމެހެން ބޭނުން ޝަރުޠެއް ނަމަ، އެކަން ސަރީޙަކޮށް ބުނާށެވެބޭނުމެއް ނެތް ނަމަ، ޝަރުޠުކުރުމުގެ ބޭނުމެއް ނެތެވެދެން ޢަޤުދު ހުއްދަވުމަށްޓަކައި، ގިނަބަޔަކާ އެކު ޢަޤުދުކުރުން ޝަރުޠުކުރެވިފައި، ނަމަވެސް ޙައްޤުތަކާއި އިލްތިޒާމުތަކާ ޖެހޭ އިރު، އެއީ ހަމައެކަނި ކުންފުންޏާއި ޢަޤުދުކުރެވޭފަރާތާ ދެމެދު އޮންނަ އެއްޗެއް ކަމަށް ބެލުމަކީ، ދެކޮޅު ނުޖެހޭ ކަމެކެވެ.
ހުއްދަކުރާ މީހުންނާއި މަނާކުރާ މީހުންވެސް އިއްތިފާޤުވާފަދައިން، އަމާންކުރުމުގެ މަޤްޞަދަކީ، ކުރިމަތިވާ ނުރައްކާތައް ފޫބައްދައި، ލިބޭ ގެއްލުންތައް މުސްލިމުންގެ ގިނަ ބައެއްގެ މެދުގައި ބަހާ ކުދިކުދިކޮށްލުމެވެފެންނަގޮތުގައި، މީގެ ބޭނުމަކީ ފަހަރެއްގައިވެސް، ކުންފުނީގެ މުއްސަނދިކަން އިތުރުކޮށް، މާކަ ބޮޑު ފައިދާގަޑެއް ހޯދުމެއް ނޫނެވެކިއެއްތަ، ކާރިސާތަކުން ލިބޭ ގެއްލުންތަކުގެ އަސަރު ކުޑަކުރެވޭ ވަރަކުން ކުޑަކުރުމެވެވީމާ ޝައްކެއްވެސް ނެތް ގޮތުގައި، މި މަޤްޞަދަކީ މާތް، ހެޔޮ މަޤްޞަދެކެވެއަދި މީގެ ބޭނުމަކީ އެހީތެރިވުމެވެ.
އެހީތެރިވުމަކީ، ހަމަހިލޭ ކަންތައްތަކުގެ ތެރެއިން، މާތް ކަމެކެވެއިސްލާމްދީން އެކަމަކަށް ހިތްވަރުދޭ، އެއަށް އެތަކެއް ދޮރެއް ހުޅުވާލާފައިވާ ކަމެކެވެހަމަހިލޭ ކަންތައްތައް ތަންޒީމުކުރަންޖެހޭ ހަމައެކަނި ގޮތަކީ މިއޭ ބުނެ، ދީނުގައި އެކަމަށް ހުރަސްތަކެއް ބާއްވާފައި ނެތެވެވީމާ ހަމަހިލޭ ކަންތަކަކީ، ކޮންމެ ޒަމާނެއްގައިވެސް އެ ޒަމާނެއްގެ އަހުލުވެރިންނާ ގުޅޭ ގޮތަކަށް ތަންޒީމުކުރަން ދޫކޮށްލެވިފައިވާ ކަމެކެވެއެއް ރަށެއްގެ ނުވަތަ ޢާއިލާއެއްގެ ނުވަތަ އެއް މަސައްކަތް ކުރާ ބައެއްގެ މެދުގައި އެއްބާރުލައި އެހީތެރިވުމުގެ ގޮތުން މިއަދު މި ވަނީ، ޚައިރީ ޖަމްޢިއްޔާތަކާއި، ޚައިރީ ފޮށިފަދަ ވަސީލަތްތައް، އުފެއްދިފައެވެއަމިއްލަ ފައިދާއެއް ހޯދުމުގެ ބަދަލުގައި، ޖަމާޢީ މަޞްލަޙަތަށް ކުރެވޭ ކަމެއްގެ ގޮތުގައެވެހުއްދަ ކަމަށް، ޢިލްމުވެރިން ވިދާޅުވާ ބައިވެރިވާ އަމާންކުރުމަކީވެސް މިފަދަ، މަޤްޞަދެއްގައި ކުރެވޭ، އެއްބާރުލުމާއި އެހީތެރިވުމުގެ ޢަމަލެކެވެ.
ބައިވެރިވެ، ހަމަހިލޭ ދިނުމަކީ އަމާންކުރުމުގެ އަސްލުކަމަށް ވެއްޖެނަމަ، ކުރިން އޭގައި ހިމެނިފައިވާ ޝަރުޢީގޮތުން މަނާ ސިފަތައް ނެތިގެން ދާނެއެވެއަދި މި ހާލަތުގައި އަމާންކުރުމަކީ، ނަތީޖާ ސުން ބަދަލުކުރުމަކަށް ނުވާނެއެވެސަބަބަކީ، އަމާންކޮށްދެވޭމީހާ މި ހާލަތުގައި ވާނީ ހަމަހިލޭދޭ މީހަކަށެވެއޭނާއަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ލިބޭނެތޯ ނޫންތޯ، އެއީ އޭނާއަށް މުހިއްމު ކަމެއް ނޫނެވެވީމާ، ބައިވެރިވާ އަމާންކުރުން ބިނާވެފައި އޮންނަނީ މާފުކުރުމުގެ މައްޗަށެވެއަނެއްކޮޅުން، ވިޔަފާރި ބަދަލުކުރުންތައް ބިނާވެފައި އޮންނަނީ، ފައިދާ ހޯދުމާއި ދޫނުކުރުމުގެ މައްޗަށެވެ.
ޖާމިނުވުން:
ބައިވެރިވާ އަމާންކުރުމާއި ވިޔަފާރި އަމާންކުރުމާ ދެމެދު ހުރި އެންމެ ފާހަނގަކުރެވޭ ފަރަގަކީ، ގެއްލުންތަކުގެ ބަދަލު ދޭނެކަމަށް ވެވޭ އިލްތިޒާމު ނުވަތަ ޖާމިނުވުމެވެވިޔަފާރި އަމާންކުރުން އުފެދެނީ، އަމާންކުރެވޭފަރާތް ދައްކާ ބައިތަކުގެ ބަދަލެއްގެ ގޮތުން، އޭނާއަށް ލިބޭ ގެއްލުންތަކުގެ ބަދަލު ކުންފުނިން ދޭނެކަމަށް ޖާމިނުވުމުންނެވެނަމަވެސް، ބައިވެރިވާ އަމާންކުރުމުގައި، ގެއްލުންތަކަށް ދެވޭ ބަދަލަކީ، ޖާމިނު އެއްޗެއް ނޫނެވެއެހެނީ މީގައި ގެއްލުންތަކަށް ބަދަލު ދެވެނީ، ކުންފުނީގެ އަތުގައި ހުރި އިޝްތިރާކު ހުރި ވަރަކުންނެވެގެއްލުންތަކަށް ބަދަލު ދެވޭވަރަށް ފައިސާ ނެތް ނަމަ، ގެއްލުންތަކަށް ދައްކަން ޖެހޭ މިންވަރު ފުރިހަމަކުރަން މެންބަރުން އަތުން އިތުރު އިޝްތިރާކު އަތުލެވޭނެއެވެ.
ފުދޭވަރަށް ފައިސާ އިތުރު ނުކުރެވިއްޖެނަމަ، ބަދަލެއް ނުދެވޭނެއެވެނޫނީ ފަހަރެއްގައި، މެންބަރުން ދައްކާފައިވާ އިޝްތިރާކުން ކުންފުނި އަތުގައި ހުރި ފައިސާއިން ދެވެން އޮތް ވަރަކަށް ގެއްލުންތަކުގެ ބަދަލު ދޭނީއެވެމިހެން މިކަން ވުމުގެ ސަބަބަކީ، ބައިވެރިވާ އަމާންކުރުމުގައި، ވިޔަފާރި އަމާންކުރުމުގައި އޮންނަހެން، ގެއްލުންތައް ފޫބައްދައިދޭނެ ކަމުގެ ޖާމިނުވުމެއް ނޯންނާތީއެވެ.
ކުރިންވެސް ބުނެވިފައިވާނެ ފަދައިން، ވިޔަފާރި އަމާންކުރުން ހުއްދަ ނުވަނީ، ޖާމިނުވުމަށް ފައިސާ ނުވަތަ ބަދަލެއް އަތުލެވޭތިއެވެވީމާ ޢަޤުދުގައި ޖާމިނުވުމެއް ނެތްނަމަ، ޢަޤުދު ހުއްދަ އެއްޗަކަށް ބަދަލުވެގެންދާނެއެވެ.
ބައިވެރިވާ އަމާންކޮށްދޭ ކުންފުންޏަކީ (މާލީ މުދީރެއްނުވަތަ އަމާންކުރެވޭފަރާތްތަކުގެ މެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތެކެވެމެދުވެރިކަމުގެ ޢަޤުދުތަކަކީ، އެއީ އާމާނަތުގެ ޢަޤުދުތަކެކެވެނަމަވެސް، ވިޔަފާރި އަމާންކޮށްދޭ ކުންފުނިތަކުން، އަދާކުރަނީ ޖާމިނުވުމުގެ މެދުވެރިކަމެވެއެހެނީ ވިޔަފާރި ކުންފުނި އަމާންކުރެވޭފަރާތްތަކާ އެކު ހަދާ ޢަޤުދުތަކަކީ، ޖާމިނުވުމުގެ ޢަޤުދުތަކެކެވެދެން ޙަޤީޤަތުގައި ޖާމިނުވުމުގެ ޢަޤުދަކީ، ޢާއްމު އިޤްތިޞާދީ މާނައިގައި ނޫނީ، މެދުވެރިކަމުގެ ޢަޤުދެއް ނޫނެވެޤާނޫނީ ގޮތުން ބަލާއިރު އެއީ މެދުވެރިކަމުގެ ޢަޤުދެއް ނޫނެވެއެހެނީ، ޖާމިނުވާމީހާ ޢަޤުދެއްކުރާއިރު ކުރާނީ، އަސްލުމީހެއްގެ ގޮތުގައެވެއެހެން މެންބަރުންގެ ފަރާތުން ހުރި ނާއިބެއްގެ ގޮތުގައެއް ނޫނެވެ.
ނަމަވެސް މިއާ ޚިލާފަށް، ބައިވެރިވާ އަމާންކުރުމުގައި، ކުންފުންޏަކީ އަމާންކުރުމުގެ ޚިދުމަތް ލިބޭ މެންބަރުންގެ ފަރާތުން ހުންނަ ނާއިބެކެވެވީމާ މެންބަރުން ދައްކާ އިޝްތިރާކުތަކަކީ، ކުންފުނީގެ ބެލުމުގެ ދަށުގައި ހުންނަ އަމާނަތެކެވެއެއީ ކުންފުނި ޖާމިނުވާއެއްޗެއް ނޫނެވެނާއިބެއްގެ ގޮތުން އަދާކުރާ މެދުވެރިކަމުގެ އަމާންކުރުމަކީ، ޖާމިނުވުމުގެ މައްޗަށް ބިނާވެފައި އޮންނަ މެދުވެރިކަމަށް ވުރެ ފުރިހަމައަށް މަސައްކަތް ކުރާ ނިޒާމެއްކަމަށް، އިޤްތިޞާދީ ގޮތުން ވަނީ ސާބިތުވެފައެވެ.
މަތީގައިވާ ދެ ވައްތަރުގެ މެދުވެރިކަމަކީ، ފައިސާ ބޭނުންވާ މީހުންނަށް ފައިސާ ފޯރުކޮށްދިނުމުގައި އޮންނަ ދެ ވައްތަރުގެ މެދުވެރިކަމާވެސް އެއްފަދަ އެއްޗެކެވެއިސްލާމީ ބެންކުން ކުރާ ކަމަކީ، ބޭނުންވާ ވަރަށް ވުރެ ގިނައިން އަތުގައި ފައިސާ ހުންނަ މީހުންނާއި، ފައިސާ ނެތިގެން އުޅޭ މީހުންނާ ދެމެދު، އަމާނަތުގެ ޢަޤުދުތަކުގެ ތެރެއިންލާފައި (މުޟާރަބާ، މުޝާރަކާ، ވަކާލާމެދުވެރިއެއްގެ ދައުރު އަދާކުރުމެވެނަމަވެސް، ރިބާ ބޭންކުން، ފައިސާ ގިނަ މީހުންނާއި ފައިސާއަށް ބޭނުންވާ މީހުންނާ ދެމެދު ކުރާކަމަކީ، ދަރަނި ދިނުމުގެ މެދުވެރިކަމެވެއަދި މިއީ ޖާމިނުވުމުގެ ޢަޤުދެކެވެ.
އަމާންކުރުމުގެ ދެ ވައްތަރުގައި ހުންނަ ފަރަގުތަކުގެ ތެރޭގައި ހިމެނޭ އަނެއް ފަރަގަކީ، ބަދަލުދޭނެކަމަށް ކުންފުނިން ވެފައިވާ އިލްތިޒާމުތަކަށް ވަފާތެރިވުމުގެ ކުޅަދާނަކަމެވެވިޔަފާރި އަމާންކުރުމުގައި، ކުންފުނިން ލަފާކޮށްފައިވާ ވަރަށް ވުރެ ގިނަ ޢަދަދެއްގެ ބަޔަކަށް ގެއްލުންވެއްޖެނަމަ، އެ އެންމެންނަށް ބަދަލު ދިނުމަކީ ކުންފުންޏަށް ކުޅެދާނަ ކަމެއް ނޫނެވެކުރިންވެސް ބުނެވިދިޔަހެން، މިއިން ދޭހަކޮށްދެނީ، މިވެނިވަރެއް ދޭނެ ކަމަށް ކުރީއްސުރެ ކުންފުނިން ވެފައިވާ ވަޢްދަކީ ދޮގު ވަޢްދެއް ކަމެވެދެން ބައިވެރިވާ އަމާންކުރުމުގައި އޮންނަ ގޮތަކީ، ގެއްލުން ލިބޭ މީހުންނަށް ބަދަލު ދެވެނީ، ކުންފުނީގައި ބައިވެރިވަފައި ތިބޭ އެންމެން ބައިވެރިވެގެންނެވެބަދަލު ދެވޭނީ، މެންބަރުން ދައްކާފައި ހުރި އިޝްތިރާކުން ފުއްދޭވަރަކުންނެވެ.
ވީމާ، ބައިވެރިވާ އަމާންކުރުމުގައި، ގެއްލުމެއް ވެއްޖެނަމަ، ސީދާ މިވެނިވަރެއް ލިބޭނެ ކަމަކަށް، އަމާންކޮށްދެވޭމީހާ ނުބަލާނެއެވެއެކަމަކު އޭނާ ބަލާނީ، ކުންފުނީގައި ބައިވެރިވެފައި ދެން ތިބި އެހެން މެންބަރުން، ފަންޑުގައި ފައިސާގެ ކުޅަދާނަކަން ހުރި މިންވަރަކުން، އޭނާގެ ގެއްލުން ފޫބައްދައިދޭނެ ކަމަށެވެއޭނާއަށް އިޙްސާސްވާ ހިތްހަމަޖެހުން އަންނަނީ، ދެންތިބޭ މީހުން އޭނާއަށް އެހީތެރިވާނެކަން އެނގުމުންނެވެވިޔަފާރި އަމާންކުރުމުގައި އޮންނަހެން، ބަދަލު ލިބޭނެކަމަށް ވެވިފައިވާ، ޙަޤީޤަތުގައި ތެދުވެރި ނޫން، ވަޢްދެއްގެ ސަބަބަކުން ނޫނެވެ.
ބައިވެރިވާ އަމާންކުރުމަކީވެސް، މިންވަރު ކަނޑައެޅިފައިވާ ބަދަލެއް ދެވޭ ޢަޤުދަކަށް ވާނަމަ، އެވާނީ ހަމަ ވިޔަފާރި އަމާންކުރުމެކޭ އެއްފަދައިން، ޙަޤީޤަތެއް ނެތް ތެދުނޫން ވަޢްދަކަށެވެއަދި އަމާންކުރެވޭފަރާތަށް ލިބޭނެ ހިތްހަމަޖެހުމެއްވެސް ނޯންނާނެއެވެއަދި ކަނޑައެޅިފައިވާ ޢަދަދުގެ ނުލިބިއްޖެނަމަ، އޭނާ ދެއްކި ބައިތައްވެސް ވާނީ، އޭނާއަތުން ބޭކާރުވި ފައިސާތަކެއް ކަމަށެވެއަދި މި ޙާލަތުގައި މި ޢަޤުދުވެސް ވެގެންދާނީ، ފައިދާވުމުގެ ބޭނުމުގައި ކުންފުނިން ކުރި ޢަޤުދަކަށެވެއަދި ވިޔަފާރި އަމާންކުރުމުގައި ހުންނަ ނުރަނގަޅު ކަންތައްތައް، މީގެ ތެރެއަށްވެސް ވަންނާނެއެވެ.
ދެފަރާތުންވެސް އެއްޗެއް ދީގެން، އެކަކު އަނެކަކާ ބައިވެރިވުމަކީ، އިއްޔެ މިއަދުކު ފެށުނު ކަމެއް ނޫނެވެ. ''އަހަންނަށް ދޭމަތިން ކަލެއަށް ދޭނަން'' މި އުސޫލަށް ފެއްތިދާނެ އެތަކެއް މިސާލުތަކެއް، ސުންނަތުން ފެންނަން އެބަ އޮތެވެއޭގެތެރެއިން އެންމެ ހާމަ މިސާލަކީ، ރަސޫލު -ޞައްލަ ޢަލައިހި ވަސައްލަމައެބަޔަކަށް މަދަޙަކިއުއްވި، އަޝްޢަރީން ކަންތައް ކުރިގޮތެވެޞަޙީޙް ބުޚާރީއާއި މުސްލިމުގައި އައިސްފައިވެއެވެ: ''އަޝްޢަރީން، ހަނގުރާމައިގައި އެމީހުންގެ އަންހެނުން ހުވަފަތްވެ، ނުވަތަ މަދީނާގައި ދަރިންނަށް ދޭނެ ކާއެއްޗެހި މަދުވެއްޖެނަމަ، އެންމެން އަތުގައި ހުރި އެއްޗެއް ފޮތިގަނޑަކަށް އަޅައި، އަދި އެ މީހުންގެ މެދުގައި ހަމަހަމައަށް އެ ބަހައެވެފަހެ އެބައިމީހުންނަކީ، ތިމަންކަލޭގެފާނުންގެ ބައެކެވެއަދި ތިމަންކަލޭގެފާނަކީ އެބައިމީހުންގެތެރެއިން މީހެކެވެ.''
އަދިވެސް ޞަޙީޙް ބުޚާރީއާއި މުސްލިމުގައި އައިސްފައިވެއެވެޖާބިރު ބިން ޢަބްދު -ރަޟިޔަ ޢަންހުވިދާޅުވިއެވެ: ''އައްސޭރި ހިސާބަކަށް، ރަސޫލު -ޞައްލަ ޢަލައިހި ވަސައްލަމަސަރިއްޔާއެއް ފޮނުއްވިއެވެއަދި އޭގެ އަމީރަކަށް އަބޫ ޢުބައިދާ ބިން އަލްޖައްރާޙް ލެއްވިއެވެސަރިއްޔާގައި ތިބީ ތިންސަތޭކަ މީހުންނެވެއަހަރެންވެސް އޭގެ ތެރޭގައި ހިމެނުނެވެދެން އަހަރެމެން ނުކުމެގެން ގޮސް، ވަކި ހިސާބަކުން އަހަރެމެންގެ ކޮއްތު ހުސްވިއެވެއެހިނދު އަބޫ ޢުބައިދާ، ލަޝްކަރުގައި ހުރި ހުރިހާ ކޮއްތެއް އަތުލައްވާ ޖަމާކުރެއްވިއެވެއަހަރެން ދިނީ ކަދުރެވެދެން އެ ހުސްވަންދެން އަހަރެމެންނަށް މަދުމަދުން ކޮއްތުދެވުނެވެމީހަކަށް ލިބެނީ އެއް ކަދުރެވެ.''

ރާއްޖޭގައި އިސްލާމީ ޝަރީޢަތާއި އެއްގޮތަށް އިންޝުއަރެންސް ގެ ޚިދުމަތްދޭ ހަމައެކަނި ކުންފުނި ކަމަށްވާ އަމާނާ ތަކާފުލް
އަމާނާ ތަކާފުލް އަކީ ސްރީލަންކާގައި ހުންނަ މައި ކުންފުންޏެކެވެ. މިކުންފުނި އުފެދިގެން ދިޔައީ 1999 ވަނަ އަހަރު، މެލޭޝިޔާގެ ތަކާފުލް މެލޭޝިޔާ ކުންފުންޏާ ގުޅިގެންނެވެ އެއީ ދުނިޔޭގައި ހުރި އެންމެ ބޮޑު ތަކާފުލް ކުންފުންޏެވެ.
 އަމާނާ ތަކާފުލް ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ އައީ 2003 ވަނަ އަހަރުއެއީ އެޖެންސީ އޮފީހެއްގެ ގޮތުގައިއޭރު މަސައްކަތްކުރަމުން ދިޔައީ އެހެން ދިވެހި ކުންފުންޏަކާ ގުޅިގެންނެވެ. ޕްރައިވެޓް ލިމިޓެޑް ކުންފުންޏަކަށް ބަދަލުވެ ވަކި ކުންފުންޏެއްގެ ގޮތުގައި ޙަރަކާތްތެރިވާން ފެށީ 2005 ވަނަ އަހަރުން ފެށިގެންނެވެ.
އަމާނާ ތަކާފުލްއަކީ އިސްލާމީ އުޞޫލަށް އިންޝިއުރެންސް ގެ ޚިދުމަތްދޭ ފަރާތެކެވެ.
ތަކާފުލްއާ ޢާއްމު އިންޝުއެރެންސްއާ ހުރި ތަފާތުތަކަށް ބަލާއިރު ތަކާފުލްގައި މީހުންއަތުން ލިބޭ ޕްރިމިޔަމް ކުންފުނީގެ ފައިސާއާ އެކެއް ނުކޮށްލާނެއެވެ. އެ ފައިސާ ހުންނާނީ ވަކި ޕޫލް ފަންޑެއްގައެވެ. މިއީ ރިސްކް ޓްރާންސްފާރ ކުރުމުގެ ނިޒާމެއް ނޫނެވެ.  ނަމަވެސް ރިސްކް (ގެއްލުންގައި ޙިއްސާވުމުގެ ނިޒާމެކެވެ.
އޭގެ ތެރެއިން ބައިވެރިއަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެބައިވެރިންގެ ޕޫލް ފަންޑުން އެގެއްލުން ލިބުނު ބައިވެރިއަކަށް ބަދަލު (ކޮމްޕެންސޭޝަންދެވޭނީއެވެ. އެހެންކަމުން ހުރިހާ ބައިވެރިންވެގެން ގެއްލުން ލިބުނު ބައިވެރިޔާއަށް އެ އެހީތެރިވެ ދެވުނީއެވެ. އެއީ ރިސްކު (ގެއްލުންގައި ޙިއްސާވާ ގޮތެވެ. ބަދަލު ދިނުމަށްފަހު، ޕޫލްގައި ފައިސާ އިތުރަށް ހުރެއްޖެ ނަމަ، ހުރިހާ ބައިވެރިންނަށް ބަހާލެވޭނެއެވެ. ނަމަވެސް ހުއްދަ ނޫން އިންސިޔުރެންސްގައި އެފައިސާ ބައިވެރިންނަކަށް ނުލިބޭނެއެވެއެފައިސާ ލިބިގަންނަނީ ކުންފުނިތަކަށެވެ އެހެންކަމުން، ބައިވެރިންނަށް އެންމެ ޚަރަދު ކުޑަވެފައި ފައިދާ ބޮޑުވާނީ ތަކާފުލްގައެވެ.ތަކާފުލްއިން ކުންފުންޏެއް ގޮތުގައި ޙަރެވެކާތްތެރިވަނީ މިކަންކަން އިދާރީ ގޮތުން ބަލަހައްޓާ ފަރާތެއްގެ ގޮތުގައެވެ. އަޅުގަނޑުމެންނަށް ލިބޭނީ އެކަމަށް ނަގާ ވަކި އަގެކެވެ.
މީގެ އިތުރުންވެސް ތަކާފުލްއިން ހުއްދަ ނޫން އެއްވެސް ގެއްލުމެއް ޤަބޫލެއް ނުކުރެއެވެ. މިސާލަކަށް، ރިބާއަށް ބަރޯސާ ވެފައިވާ ފައިނޭންޝިއަލް އިދާރާއެއްގެ ގެއްލުން، ނުވަތަ ޖުވާ، ނުވަތަ ރަލާބެހޭ ކަންކަންވެސް ޤަބޫލެއް ނުކުރެއެވެ. މނަމަވެސް ފަޔާރ އިންސިޔުރެންސް، ހަލް އިންސިޔުރެންސް އަކީ ތަކާފުލް އިން ޤަބޫލުކުރާ މުޢާމަލާތްތަކެކެވެ.
އަމާނާ ތަކާފުލް އިން ތިދެންނެވި އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރާ ކަމުގެ ގެރެންޓީއަކީ ކޮބައިތޯ؟
އަމަނަ ތަކާފުލް ކުންފުނީގައި ޝަރީޢާ ބޯޑެއް އޮވެއެވެއެބޯޑުގައި 5 ޢިލްމުވެރިން ތިއްބަވައެވެއޭގެ ތެރޭގައި ދިވެހި ޢިލްމުވެރިންވެސް ހިމެނޭ ގޮތުންނެވެއެބޭފުޅުން ކޮންމެ އަހަރަކުވެސް ޝަރީޢާ އޯޑިޓެއް ކުރައްވާނެއެވެއޭގެ އިތުރުންވެސް،  ކުންފުނީގެ ކޮންމެ މުޢާމަލާތަކަށްވެސް އެޕްރޫވް ކުރެއްވުމުން އިސްލާމީ  އުޞޫލްތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ މި ބޯޑޫން ބައްލަވައެވެއެހެންކަމުން  ކޮންމެ މުޢާމަލާތެއްވެސް ކުރެވިގެން ދާނީ ޝަރީޢަތާ އެއްގޮތަށެވެ.  އަދި އިންވެސްޓު ކުރާއިރު ޝަރީޢަތް ހުއްދަކުރާ ކަންކަމަށް އިންވެސްޓްކުރެވެއެވެއެހެންކަމުން ވިޔަފާރީގައި ބައިވެރިވެވޭ ބޭފުޅުންނަށް އިރާދަކުރައްވައިފިއްޔާ ފައިދާ ލިބިގެން ދާނީ ޙަލާލް ގޮތުގައެވެ.


ވިޔަފާރި އަމާންކުރުމުގެ ޢަޤުދަކީ، ޖާމިނުވުމަށް ބަދަލު އަތުލެވޭ ޢަޤުދެކެވެޖާމިނުވުމަށް ބަދަލު އަތުލުމަކީ، ފިޤުހުވެރިންގެ އިޖްމާޢުން މަނާކަމެކެވެއެއީ އޭގައި ޙަރާމްކުރެވިފައިވާ ޣަރަރު ހިމެނޭތީއެވެނަމަވެސް ބައިވެރިވާ އަމާންކުރުމަކީ، ޝަރުޢީގޮތުން ހުއްދަ ޢަޤުދެކެވެމި ޢަޤުދު ބިނާވަނީ، ހަމަހިލޭ އެއްޗެއް ދިނުމުގެ މައްޗަށެވެފިޤުހުވެރިންގެ އިޖްމާޢުން މިއީ ހުއްދަކަމެކެވެ.
''ބައިވެރިވާ އަމާންކުރުމޭނުވަތަ "އިސްލާމީ ތަކާފުލްއޭ ކިޔާ ނަންބޯޑު އަޅުވައިގެން އުޅޭ ބައެއް ކުންފުނިތަކަކީ -ބައެއް ފަހަރުޙަޤީޤަތުގައި އެފަދަ ކުންފުނިތަކެއް ނޫނެވެއެއީ މަޅީގައި ޖައްސަން ބޭނުންކުރާ ތެރަހެކެވެމިހެން ބުނުމުގެ ބޭނުމަކީ ފަހަރެއްގައިވެސް، ޙަޤީޤީ އިސްލާމީ އަމާންކުރުމުގެ ޚިދުމަތްދޭ ކުންފުނިތަކާ މެދު، މީހުންގެ ހިތުގައި އޮންނަ އިތުބާރު ގެއްލުވާލުމެއް ނޫނެވެ.ބޭނުމަކީ، ދީނީ ކަންފުޅެއް ނެތް ކުންފުނިތަކުން، އިސްލާމީ އިޤްތިޞާދުގެ ތެރެއަށް ވަދެ، ނާޖާއިޒު ފައިދާ ނެގިޔަ ނުދިނުމަށާއި، ޢާއްމުން މި ކަމަށް ސަމާލުވެތިބުމަށް ހޭލުންތެރި ކުރުވުމެވެވީމާ، އިސްލާމީ ޝަރީޢަތަށް ފެތޭ، އަމާންކުރުމުގެ ޚިދުމަތް ދެމޭ ބުނާ ކުންފުންޏަކުން ޚިދުމަތް ލިބިގަތުމުގެ ކުރިން، އެ މީހުން ހަދާ ޢަޤުދުތައް ބަލާ ރަނގަޅަށް ދިރާސާކުރާށެވެބައިވެރިވާ އަމާންކުރުމުގެ މިންގަނޑުތަކަށް، އެ ފެތޭތޯ ބަލާ ވަޒަންކުރާށެވެކުންފުނީގެ ފައިސާ މޭވާކުރަނީ، ކޮންކޮން ތަންތަނެއްގައި، ކިހިނެއް ކިހިނެއްތޯ ބަލާށެވެރިބާ ބޭންކުތަކާއި، ޙަރާމް މަސައްކަތް ކުރާ ކުންފުނިތަކާއި، މަޝްރޫޢުތަކުގައި އެ ފައިސާ މޭވާ ނުކުރެވޭކަން ޔަޤީންކުރާށެވެއިސްލާމީ އުސޫލުތަކަށް ފެތޭ އަމާންކުރުމުގެ ޚިދުމަތްދޭ ކުންފުނިތަކާއި (ބައިވެރިވާ/ތަޢާވުނީ، ތަކާފުލު)، އިސްލާމީ ބޭންކުތަކުގައި، ޝަރުޢީ ކޮމިޓީއެއް އޮންނަންޖެހޭނެއެވެވީމާ އަމާންކުރުމުގެ ޚިދުމަތް ލިބިގަންނަން އެ މީހުންގެ އޮފީހަށް ގޮސް، ޝަރުޢީ ކޮމިޓީއެއް އޮތްތޯ ބަލާށެވެއަދި އެ ކޮމިޓީގައި ތިބީ ޝަރްޢީ ކޮން ޢިލްމުވެރިންނެއްތޯ ބަލާށެވެޝަރްޢީ ކޮމިޓީއެއް ނެތި، ބައިވެރިވާ އަމާންކުރުމުގެ ހަމަތަކާއި މިންގަނޑުތަކަށް ނުފެތޭ ބަޔަކު، އެ މީހުން އެ ކޮށްދެނީ، ދީނުގައި ހުއްދަ އަމާންކުރުމޭ ބުންޏަސް ޤަބޫލު ނުކުރާށެވެ.

 

ބިބިލިއޯގްރަފީ:



No comments:

Post a Comment